ޚަބަރު

ޖަކާޓާއަށް ދިން ޙަމަލާގެ ޒިންމާ އައި.އެސް ޖަމާޢަތުން އުފުލައިފި


އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާއަށް
މިއަދު ދިން ޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާ އައިއެސް ޖަމާޢަތުން އުފުލައިފިއެވެ. 


އިރާޤާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެން އުޅޭ ޙައްދު ފަހަނަޅާފައިވާ އައިއެސް
ޖަމާޢަތުގެ ނޫސް އޭޖެންސީ "އަޢްމާގު" ބުނާގޮތުގައި ޖަކާޓާއަށް ދިން ޙަމަލާތައް
ދީފައިވަނީ އެޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ. 

ޖަކާޓާއަށް މިއަދު ދިން
ބޮމުގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ އެސިޓީގެ މެދުތެރޭގައިވާ ފުލުހުންގެ ޗެކް
ޕޮއިންޓަކަށާ ކެފޭއެއްގެ އިތުރުން ވިޔަފާރި މަރުކަޒަކަށެވެ.



ބޮމުގެ މިޙަމަލާތަކުގައި 7 މީހުން
މަރުވެފައިވާއިރު މީގެތެރޭގައި ހަތިޔާރު އަޅައިގެންތިބި ފަސްމީހުން ހިމެނޭ ކަމަށް
އިންޑޮނީޝިޔާގެ ސަރުކާރުން ބުނެއެވެ.



މިޙަމަލާތަކަށްފަހު ހަތިޔާރުއެޅި
ބަޔަކާއި އިންޑޮނީޝިޔާގެ ފުލުހުންނާ ދެމެދުވެސް ވަނީ ބަޑީގެ ޙަމަލާތަކެއް
ބަދަލުކޮށްފައެވެ.