ދުނިޔެ

ބުރްކީނާ ފާސޯގެ ވާގަޑޫގޫގެ ހޮޓަލަކަށް ހަމަލާދީފި


ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ބުރްކީނާ ފާސޯގެ ވެރިރަށް ވާގަޑޫގޫގައި ހުންނަ ހޮޓަލަކަށް ހަނގުރާމަވެރިން
ދިން ޙަމަލާގައި ރަހީނުކުރި 30 މީހަކު މިނިވަންކޮށްފިއެވެ.



ވާގަޑޫގޫގައި ހުންނަ ސްޕްލެންޑިޑް
ނަމަކަށް ކިޔާ ހޮޓަލަކާ އެހިސާބުގައި ހުރި ކެފޭ އަކަށް އަމާޒުކޮށް ދިން މި ޙަމަލާގައި
މިހާތަނަށް 20 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މި ޙަމަލާ ދިން
ހަނގުރާމަވެރިންނާ ބުރްކީނާ ފާސޯގެ ސަލާމަތީ ބާރުތަކާ ދެމެދު އަދި ވެސް ވަރުގަދަ
ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް އެޤައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރު ވަނީ
ވިދާޅުވެފައެވެ.



މި ޙާދިސާގައި ހޮޓަލުގައި ރަހީނު
ކުރި މީހުންގެ ތެރޭގައި އެޤައުމުގެ ސަރުކާރުގެ ޕަބްލިކް ވޯރކްސްއާ ބެހޭ ވަޒީރު
ވެސް ހިމެނިވަޑައިގެންނެވި ކަމަށާ، އެހެން
ނަމަވެސް އޭނާ މިހާރު މިނިވަންކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ.



އެފްރިކާގެ ޤައުމުތަކުގައި
ޙަރަކާތްތެރިވަމުންދާ އަލްޤައިދާ ޖަމާޢަތުގެ ގޮފި، އޭ.ކިއު.އައި.އެމްއިން ވަނީ މި
ޙަމަލާގެ ޒިންމާ އުފުލާފައެވެ.