ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ޗެއާޕާސަންކަމުގެ
މަޤާމަށް ދާންދޫ ދާއިރާގެ މެމްބަރ އަހުމަދު އައްސަދު ހޮވައިފިއެވެ.
މިރޭ ގަލޮލު
މަދަރުސާގައި ބޭއްވި ވިކްޓްރީ ސްޕޯޓްސް ކްލްބްގެ އަހަރީ އާންމު ޖަލްސާގައި ނެގި
ފެންނަ ނުފެންނަ ވޯޓުން އައްސަދުއަށް ލިބިލެއްވީ ސަތޭކަ އަށް ވޯޓެވެ. މިމަޤާމަށް ކުރިމަތިލައްވާފައިވަނީވެސް
އައްސަދު އެކަންޏެވެ. ވައިސް ޗެއާޕާސަން ކަމުގެ މަޤާމަށް ދެބޭފުޅުން ވަނީ ހޮވާފައެވެ. އެއީ 108 ވޯޓާއެކު އަބްދުﷲ މަޢުމޫން އަދި 100 ވޯޓާއެކު އަބްދުލް މުހުސިން
ހަމީދެވެ. ވައިސް ޗެއާޕާސަންކަމުގެ މަޤާމަށް ދެން ކުރިމަތިލެއްވީ އަހުމަދު ނަސީމްއެވެ.
ޕެރިސް ނަސީމަށް ލިބިލެއްވީ ތިން ވޯޓެވެ.
ކްލަބްގެ ބޯޑް މެމްބަރުންގެ ގޮތުގައި
ވާދަކުރެއްވި ދިހަ ބޭފުޅުންވެސް ވަނީ 113 ވޯޓާއެކު ބޯޑަށް އައްޔަންކޮށްފައެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ޗެއާޕާސަން
އަހުމަދު އައްސަދު ވިދާޅުވީ ވިކްޓްރީ ސްޕޯޓްސް ކްލަބް ކުރިން އޮތް ހިސާބަށް
ގެންގޮސްދީ ކާމިޔާބު ހޯދަދޭން މަސައްކަތްކުރައްވާނެ ކަމަށެވެ.
ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މަޤާމްތަކަށް ހޮވުނު ބޭފުޅުން:
ޗެއާޕާސަން: އަހުމަދު އައްސަދު
ވައިސް ޗެއާޕާސަން: އަބްދުﷲ މަޢުމޫން
ވައިސް ޗެއާޕާސަން: އަބްދުލް މުހުސިން ހަމީދު
ކްލަބްގެ 10 ބޯޑް މެމްބަރުން
1. އާމިނަތު ސޫޒަން
2. މުހައްމަދު އަޝްމަލީ
3. އަހުމަދު ނާސިފް
4. އިބްރާހިމް ނަޒީމް
5. މުހައްމަދު އަނީސް
6. އަހުމަދު އަޔާޒް ރަޝީދު
7. އަހުމަދު ރިޔާޒް
8. ޑރ އިބްރާހިމް ނާޝިދު
9. ޔޫސުފް ނަޢީމް
10. އިބްރާހިމް ސިނާޒު