ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން
ފިރިހެން ޤައުމީ ބާސްކެޓް ޓީމް ތައިލެންޑުގައި ޕްރެކްޓިސް ކުރަން ހަމަޖެހިއްޖެ އެވެ.
ތައިލެންޑުގައި ކޭމްޕްކުރުމަށް ބާސްކެޓް ޓީމް
ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. ބާސްކެޓް ޓީމް ތައިލެންޑުން
ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ. އަދި އެރޭ ދަންވަރު ސައުތް އޭޝިއަން ގޭމްސްގައި ބައިވެރިވުމަށް ބާސްކެޓް ޓީމް އިންޑިޔާއަށް
ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ތައިލެންޑަށް ޓީމް ދަނީ މިޞަރަހައްދުގެ ޓީމްތަކާއެކު
ލިބޭނެ ވަރަށްވުރެ ރަނގަޅު މެޗްތަކެއް ހޯދުމަށްކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން
މަޢުލޫމާތުދެ އެވެ.
ތައިލެންޑުގައި ހަތަރު ވަރަކަށް މެޗް ކުޅުމަށް
ހަމަޖެހިފައިވެއެވެ. މި މެޗްތައް ފެންވަރު ރަނގަޅު
ޓީމްތަކާއެކު ކުޅެވޭތޯ ބަލާނެކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ޤައުމީ ފިރިހެން ބާސްކެޓް ޓީމް ވަނީ ދާދި ފަހުން
ސަން އައިލެންޑް ރިސޯރޓުގައިވެސް ކޭމްޕްކޮށްފަ އެވެ.
ސައުތް އޭޝިއަން ގޭމްސްގެ ރިހި މެޑަލަކަށް
އުންމީދުކުރާކަމަށް ބާސްކެޓް ޓީމުން ބުނެ އެވެ.