ދުނިޔެ

މަޝްވަރާތަކުގައި ބައިވެރިވުމަށް ޝަރުތުތަކެއް ކަނޑައަޅައިފި !


ސޫރިޔާގައި ސުލްޙަ ޤާއިމުކުރުމުގެ މަޤްސަދުގައި އދން އިންތިޒާމުކޮށްގެން ބާއްވާ ވާހަކަތަކުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވާނީ ސޫރިޔާގެ އިތުރު ހިސާބުތަކަށް އިންސާނީ އެހީގެ ސާމާނުތައް ފޯރުކޮށްދީގެން ކަމަށް އެފަރާތްތަކުން ހާމަކޮށްފިއެވެ. ސޫރިޔާގެ އިދިކޮޅު ހައި-ނެގޯޝިއޭޝަން ކޮމިޓީ އެޗް.އެން.ސީ އިން ބުނެފައިވަނީ ވާހަކަތަކުގައި ބައިވެރިކުރުމުގެ ކުރިން ޝަރުތުތައް ކަނޑައަޅަނީ ނޫން ކަމަށާ އެފަރާތްތަކުން ބޭނުންވަނީ ސޫރިޔާގެ ސަރަހައްދުތަކަށް އިންސާނީ އެހީގެ ސާމާނުތައް ފޮނުވުމަށް އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުގެ ދެލިކޮޕީ ފުރިހަމައަށް ތަންފިޒުކުރުމަށް ކަމަށެވެ. ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް މިހަފްތާގެ ހޯމަދުވަހު ބޭއްވުމަށް އދން މީގެ ކުރިން ތާވަލުކުރިއެވެ. އެހެން ނަމަވެސް މި ވާހަކަތަކުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވާނެ ވަފުދެއް ކަނޑަނޭޅީތީ އަންނަ ހަފްތާގެ ފަހުކޮޅަށް މި ވާހަކަތައް ވަނީ ފަސްކޮށްފައެވެ.