ޚަބަރު

މަސްތުވާތަކެއްޗާއެކު އަންހެނަކު ހައްޔަރުކޮށްފި


ގިނަ އަދަދެއްގެ
މަސްތުވާތަކެއްޗާއެކު އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.



ފުލުހުން ވިދާޅުވީ ރޭ ހިންގި
އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 26 އަހަރުގެ
އަންހެނެއްކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކޯޓު އަމުރެއްގެ
ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކޮށް، މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 5 ދަޅާއިއެކުކަމަށް ފުލުހުން
މަޢުލޫމާތުދެއްވައެވެ.



މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާކަމަށް
ފުލުހުން މަޢުލޫމާތުދެއްވައެވެ.