ޚަބަރު

ހއ. އަތޮޅުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ހަރުކޮށްފި


އެކި ސަބަބުތަކާއި ހުރެ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތަކުގެ ތެރެއިން ހއ. އަތޮޅުން ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ހަރުކޮށްފިއެވެ. ދޮށީގެ މަސްވެރިކަމަށް އަމާޒުކޮށް ފިޝަރީޒް މިނިސްޓްރީން ހަރު ކުރެއްވި 54 ކަނދުފަތީގެ ވިޔުގައިން ކަނޑައިގެންދިޔަ ކަނދުފަތި ހަރުކޮށްފައިވަނީ މިދިޔަ ހަފްތާތެރޭގައެވެ. އެމިނިސްޓްރީން ވިދާޅުވީ މި ކަނދުފަތި ޤާއިމްކޮށްފައިވަނީ ރާއްޖޭގެ 6 ސަރަޙައްދެއްގައި ކަމަށެވެ. އޮއިވާލި ކަނދުފައްޗަކީ ދިވެހިންގެ ދޮށީގެ މަސްވެރިކަމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަޞީލަތަކަށްވެފައި މަސްވެރިންގެ ފައިދާ އާއި މަންފާ އެއެއްޗެއްގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ، އެއްޗަކަށްވުމާއިއެކު އޮއިވާލި ކަނދުފަތިތަކަށް އަދި ކަނދުފަތި ތަކުގެ ކައިރިން ކުރާ އޮއިވާލި މަސްވެރިކަމަށް ގެއްލުން ލިބޭފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.