ދުނިޔެ

އިންޑިއާގެ އަސްކަރިއްޔާއިން ކަޝްމީރުގައި މެޑިކަލް ކޭމްޕެއް !


އިންޑިއާގެ އަސްކަރިއްޔާއިން ކަޝްމީރު ސަރަހައްދުގައި މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ.މި ސިއްޙީ ކޭމްޕްގައި އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހިލޭ ޑޮކްޓަރަށް ދެއްކުމާއި ހެލްތު ޗެކްއަޕް ހެދުމުގެ ޚިދުމަތްތައް ވަނީ ފަހި ކޮށްދީފައެވެ. އިންޑިއާގެ އަސްކަރިއްޔާއާއި އިތުރު ސަތޭކަ ފަންސާސް ހޮސްޕިޓަލަކާއި ގުޅިގެން ކުރިއަށްގެންދިޔަ މި ކޭމްޕްގައި ސިއްހީ ހުރިހާ ހިދުމަތެއްވެސް ތަނަސްކޮށްދީފައިވާ ކަމަށް އިންޑިއާ އަސްކަރިއްޔާއިން މައުލޫމާތު ދެއްވައެވެ. މިގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުން، ލޮލުގެ ޑޮކްޓަރުން، ކަރުންމަތީގެ ޑޮކްޓަރުން އަދި ދަތުގެ ފަރުވާއާއި ބެހޭ ހާއްސަ ޑޮކްޓަރުން ވަނީ މި ކޭމްޕުގައި ހަރަކާތްތެރިވެފައެވެ. އަދި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ކޭމްޕްގައި ވަނީ ހިލޭ ބޭސްވެސް ދޫކޮށްފައެވެ.މިއީ، އިންޑިއާ އަސްކަރިއްޔާއިން ކަޝްމީރު ސަރަހައްދުގައި ހުއްޓުމެއްނެތި ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދޭތެރެ ދޭތެރެއިން ފޯރުކޮށްދޭ ހިދުމަތެކެވެ. މިކަމުގެ ސަބަބުން ކަޝްމީރު ސަރަހައްދުގެ ރައްޔިތުން އިންޑިއާ އަސްކަރިއްޔާއާއި މެދު ދެކޭގޮތް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.