ޚަބަރު

އަފްޣާންގައި ދިން ބޮމުގެ ހަމަލާއެއްގައި 10 މީހުން މަރުވެއްޖެ


އަފްގާނިސްތާންގެ ވެރިރަށް ކާބުލްގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި 10 މީހުން މަރުވެ، 20 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ. މިހަމަލާގެ ޒިންމާ އަފްޤާނިސްތާންގައި ހަރަކާތްތެރިވާ ތާލިބާނުން ވަނީ ނަގާފައެވެ. އަދި މިހަމަލާގައި އެމީހުންނަށް އަފްޤާނިސްތާން ސަރުކާރަށް ނިސްބަތްވާ 40 އޮފިސަރުން މަރާލެވިފައިވާކަމަށް ތާލިބާނުން ބުނެއެވެ. ނަމަވެސް އަފްޤާނިސްތާންގެ ސަރުކާރުން ހާމަކޮށްފައިވަނީ މިހަމަލާގައި މަރުވީ 10 މީހުންކަމަށެވެ.ކާބުލްއަށް އަމާޒުކޮށް މިދިޔަ މަހުން ފެށިގެން އަފްގާނިސްތާންގައި ހަރަކާތްތެރިވަމުންދާ ތާލިބާން ހަނގުރާމަވެރިން ދަނީ މިފަދަ ބޮމުގެ ގިނަ ހަމަލާތަކެއް ދެމުންނެވެ. މިހަމަލާ ދީފައި މިވަނީ އަފްޤާނިސްތާންގައި ކުރިޔަށްދާ ހަމަނުޖެހުންތަކަށް ހުއްޓުމެއް ގެނައުމުގެ ގޮތުން ދެފަރާތުން ސުލްހައިގެ މަޝްވަރާތަކަށް އައުމަށް މަސައްކަތްކުރަމުންދާ ދަޑިވަޅެއްގައެވެ.