ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި


12ވަނަ ސައުތު އޭޝިއަން ގޭމްސް ފަށަން ތައްޔާރުވެފައިވާއިރު މިފަހަރުގެ ގޭމްސްގައި އެންމެ ފާހަގަކުރެވޭ އެއްކަމަކީ ގޭމްސްގެ ސަލާމަތީ ކަންކަމަށް އިންތިޒާމް ކޮމިޓީން ދީފައިވާ ސަމާލުކަމެވެ. މިފަހަރު ގޭމްސްގައި ބައިވެރިވާ ޓީމްތައް ތިބޭ ހޯޓާތަކާއި މުބާރާތް ބާއްވާ ސްޓޭޑިއަމްތަކުގައި ސަލާމަތީގޮތުން ގިނަ ތައްޔާރިތަކެއްވަނީ ވެފައެވެ. އަދި ޓީމްތަކުގެ އޮފިޝަލުންނާއި މީޑިއާ ފަރާތްތައް ތިބޭ ހޮޓްލްތަކުގައި ގިނަ އަދަދެއްގެ ސިފައިން ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. މުބާރާތުގެ އެންމެ ގިނަ ކުޅިވަރު ކުރިއަށްދާ ގުވަހަޓީގެ އަށްޑިހަ ފަސް ހޮޓަލެއް ސަރުކާރުން ބުކްކޮށްފައިވާއިރު، ކޮންމެ ހޮޓަލެއް ކައިރީގައި ހަތިޔާރާއިއެކު ސިފައިން ދަނީ ހަތަކާތްތެރިވަމުންނެވެ. އަދި ހޮޓަލުން ބޭރަށްދާ ކޮންމެ އޮފިޝަލަކާއިއެކު ސިފައިން ހަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ.12ވަނަ ސައުތް އޭޝިއަން ގޭމްސް އިންޑިޔާގެ ގުވަހަޓީ އަދި ޝިލޮންގގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.