ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅައިގައި ރާއްޖެއާ ނޭޕާލް ވާދަކުރި މެޗް
ނޭޕާލް ކާމިޔާބުކޮށްފިއެވެ. މިއަދު ޝިލޯންގގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައި
ކުޅުނު މިމެޗް ނޭޕާލް ކާމިޔާބުކުރީ ދެލަނޑު ސުންލަނޑުންނެވެ.
ނޭޕާލުން ފުރަތަމަ
ލަނޑު މެޗްގައި ޖެހީ ފުރަތަމަހާފްގައެވެ. ދެވަނަ ލަނޑު އެޓީމުން ޖެހީ މެޗް ނިމެން
ދެމިނެޓަށްވެފައު ވަނިކޮށެވެ. ނޭޕާލް ވަނީ އެޓީމް މުބާރާތުގައި ކުޅުނު ފުރަތަމަ
މެޗް ބަންގްލަދޭޝްއާ ވާދަކޮށް ތިންލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ.
ރާއްޖެ
ކުޅުނު ފުރަތަމަ މެޗް ނިމުނީ އިންޑިޔާއާ ވާދަކޮށް ލަނޑެއް ނުޖެހިއެވެ. އަންހެން
ފުޓްބޯޅަ މިފަހަރު ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށ އެންމެ ގިނަ
ޕޮއިންޓް ލިބޭ ދެޓީމެއް ފައިނަލަށް ދާ ގޮތަށެވެ.