ކުޅިވަރު

ޓީޓީއާ ބެޑްމިންޓަންވެސް ޓީމް އިވެންޓުން ކަޓައިފި


މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްއިން ރާއްޖޭގެ ބެޑްމިންޓަން އާއި ޓީޓީގެ އަންހެން އަދި ފިރިހެން ޓީމްވެސް ސެމީ ފައިނަލަށް ނުގޮސް ކަޓައިފިއެވެ.ބެޑްމިންޓަން ފިރިހެން ޓީމް ކެޓީ ޝިލޮންގގައި ބަންގްލަދޭޝްއާ ވާދަކޮށް ތިން މެޗުންވެސް ބަލިވެގެންނެވެ. މިމެޗް ކާމިޔާބުކުރިނަމަ ރާއްޖެއަށް ސެމީފައިނަލްގެ ފުރުސަތު ލިބޭނެ އެވެ. ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމް ޓީމް އިވެންޓުން ކެޓީ ޕާކިސްތާނާ ވާދަކޮށް ތިން މެޗުން ބަލިވެގެންނެވެ. އަންހެން ޓީމް އިވެންޓްގައި ރާއްޖޭގެ އަފްނާން ރަޝީދާ އަިމިނަތު ޝަހުރުނާޒް ކުޅުނު ޑަބަލްސް މެޗުން އެދެކުޅުންތެރިން ވަނީ ސެޓެއް ހޯދާފައެވެ.ޓީޓީ އަންހެން އަދި ފިރިހެން ޓީމްވެސް ޓީމް އިވެންޓުން ކެޓީ ޕާކިސްތާނާ ވާދަކޮށް ބަލިވެގެންނެވެ. އަންހެން ޓީމް ތިން މެޗުން ބަލިވިއިރު ރާއްޖޭގެ މުއީނާ މުހައްމަދު ބަލިވީ ތިން ސެޓް ދެސެޓުންނެވެ. ފިރިހެން ޓީމް ބަލިވީ ތިން މެޗް އެއްމެޗުންނެވެ. ރާއްޖެއިން މެޗް ކާމިޔާބުކުރީ މޫސާ މުންސިފެވެ.ޓީޓީއާ ބެޑްމިންޓަންގައިވެސް ދެން ކުރިއަށްދާނީ އޯޕަން ބައިގެ މެޗްތަކެވެ.