ކުޅިވަރު

ތިންވަނަ ހޮވި މެޗުން ރާއްޖޭގެ އަންހެން ވޮލީ ޓީމް ބަލިވެއްޖެ


ތިންވަނަ ހޮވި މެޗުން ބަލިވެ މުބާރާތުން
ކެޓި ނަމަވެސް ކުޅުންތެރިންކުރި މަސައްކަތަށް ތަޢުރީފް ހައްޤު ކަމަށް އަންހެން
ވޮލީ ޓީމްގެ ކޯޗް އަހުމަދު އަދީލް ބުނެފިއެވެ. ސައުތު އޭޝިއަން ގޭމްސްގެ ތިންވަނަ ހޮވި
މެޗަށްފަހު އަދީލް ބުނީ ގޭމްސްގެ ކުރިން ޓާގެޓް ކަނޑައެޅީ ސެމީއަށް ދާން ކަމަށާއި،
ތިންވަނަ ހޮވި މެޗްގައި މެޑަލަކަށް މަސައްކަތް ކުރި ކަމަށެވެ.



" މެޗުން ބަލިވިޔަސް
ކުޅުންތެރިން ދައްކުވައިދީފި މޮޅަށް ކުޅެވޭކަން. ރަނގަޅު ފައިޓެއް ދިން މެޗްގައި.
މިކުޅުންތެރިން މިފަހަރުގެ ގޭމްސްގައި ކަނޑައެޅި ޓާގެޓް ހާސިލްކޮށްފި" އަދީލް
ބުންޏެވެ.



ރާއްޖޭގެ މައްޗަށް ނޭޕާލް
ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗްގެ ސެޓްތައް ނޭޕާލް ހޯދީ 20-25، 14-25 އަދި
13-25 އިންނެވެ.



މެޗަށްފަހު ޓީމްގެ ކެޕްޓަން
އައިޝަތު ޝައްފަބުނީ ޓީމްގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ޖުމްލަކޮށް
ގޭމްސްގައި ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. އަދި މިހާރު އޮތް ޓީމަކީ
މުސްތަޤްބަލްގައި ކާމިޔާބާ ހިސާބަށް އާދެވޭނެ ޓީމެއް ކަމަށްވެސް ޝައްފަ ބުންޏެވެ.



" މިފަހަރު ސެމީއާ
ހިސާބަށް މިއާދެވުނީ. ސަރަހައްދުގެ ކޮންމެ ޓީމަކާ ދެކޮޅަށްވެސް އެބަ ރަނގަޅު
ކުޅުމެއް ދެއްކޭ. މިހާރު މިއޮތް ޓީމަކީ މުސްތަޤްބަލްގައި މެޑަލް ހޯދާނެ
ޓީމެއް." ޝައްފަ ބުންޏެވެ.



އަންހެން ވޮލީ ޓީމް
ސެމީފައިނަލުން ޖާގަ ހޯދުން ވެގެންދިޔައީ މިހާތަނަށް ރާއްޖޭގެ އަންހެން ވޮލީ
ޓީމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަށެވެ.