ކުޅިވަރު

ގްރޫޕްގެ އެއްވަނައިގައި ރާއްޖޭގެ ޒުވާން ޓީމް ސެމީ ފައިނަލަށް


12ވަނަ ސައުތު އޭޝިއަން ގޭމްސްގައި
ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމް އިންޑިއ ަތުން ބަލިވި ނަމަވެސް ގްރޫޕްގެ
އެއްވަނައިގައި ރާއްޖެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

 މިއަދު ގުވަހަޓީގައި މިދެޓީމް ކުޅުނު
މެޗް އިންޑިއާ ކާމިޔާބުކުރީ ތިންލަނޑު ދެލަނޑުންނެވެ. މެޗްގެ ފުރަތަމަ ލަނޑު ފުރަތަމަ
ހާފްގެ ވަރަށް ކުރީކޮޅު އިންޑިއާއަށް ކާމިޔާބުކޮށްދިނީ އުދަންތާއެވެ. ރާއްޖެއަށް
މެެޗްގެ ނަތީޖާ ފުރަތަމަ ފަހަރަށް ހަމަހަމަކޮށްދިނީ މުރުތަލާ އަދުދާނެވެ.



ފުރަތަމަ ހާފްހައި ދެވަނަ ފަހަރަށް އިންޑިއާއަށް ކުރިހޯދަދިނީ ޕްރީތަމްއެވެ.
މެޗްގައި ރާއްޖޭގެ ދެވަނަ ލަނޑަކީ އިންޑިއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.



ފުރަތަމަ ހާފް ދެލަނޑު ދެލަނޑުން އެއްވަރުވެގެން ނިމުންއިރު އިންޑިއާ މެޗުން
މޮޅުވި ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީވެސް ފުރަަތަމަ ލަނޑު
ކާމިޔާބުކޮށްދިން އިދަންތާއެވެ.



މިމެެޗްގައި ރާއްޖެއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުކަން
ފާހަގަކޮށްލެވެއެވެ. މިމެޗާއެކު ގްރޫޕް އޭގެ ކުޅުން ނިމިފައިވާއިރު ގްރޫޕްގައި
ހިމެނޭ ތިން ޓީމަށްވެސް ލިބިފައިވަނިތިން ޕޮއިންޓެވެ. ރާއްޖެއަށް ގްރޫޕްގެ
އެއްވަނަ ލިބެނީ ފައިދާ އެއް ގޯލްގެ ތަފާތުންނެވެ. ފައިދާ ގޯލެއް އަދި ގެއްލުނު
ގޯލެއް ނެތި އިންޑިއާ ދެވަނަ ޓީމްގެ ގޮތުގައި ސެމީއިން ޖާގަ ހޯދިއިރު، ލަންކާ ކެޓީ
ގެއްލުން އެއް ގޯލާއެކުއެވެ.



މެޗަށްފަހު ރާއްޖޭ ޓީމްގެ ކޯޗް ރިކީ ހާބާޓް ބުނީ ޓީމް މޮޅުވުމަށް
ކުރިމަސައްކަތް ފެނުމުން ވަރަށް އުފާވި ކަމަށާއި، ކުޅުންތެރިންގެ ފަރާޓުން ފެނުނީ
ހިތްހަމަ ޖެހޭ ކުޅުމެއް ކަމަށެވެ.



" މެޗުން މޮޅުވުމަށް ވަރަށް މަސައްކަތް ކުރި. އެހިތްވަރު ފެނިފަ ވަރަށް
އުފާވި. ބައިކޮޅަށް ވަތް ގޯލްތަކަކީ އަމިއްލައަށް ހެދުނު ގޯލްތަކުން ވަތް
ގޯލްތަކެއް.ރާއްޖޭގެ ކުޅުން މިމެޗްގައި ފެނުނީ ވަރަށް ރަނގަޅަށް. " ކޯޗް ހާބާޓް ބުންޏެވެ.



ސެމީފައިނަލްގައި ރާއްޖެ ވާދަކުރަން ޖެހޭނީ ނޭޕާލް ނުވަތަ
ބަންގްލަދޭޝްއާއެވެ.