ޚަބަރު

ބޯޑަރު ހުޅުވާލިފަހުން އައި ފުރަތަމަ ކުރޫޒްލައިނަރ ޅޮހިފުށީގައި


ކޯވީޑްގައި ބަންދުކުރި ރާއްޖޭގެ ބޯޑަރު ހުލުވާލިފަހުން، ފުރަތަމަ ކުރޫޒްލައިނަރ މިއަދު ރާއްޖެ އައިސްފިއެވެ. މިއީ ކޯވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކުރުމާއި ގުޅިގެން ރާއްޖެއަށް ވަގުތީގޮތުން ކުރޫޒްލައިނާރ ގެނައުން މެދުކެނޑާލުމަށްފަހު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ގެނެސްފައިވާ ކުރޫޒް ބޯޓެކެވެ.

ޖަރުމަންވިލާތުގެ ޤައުމެއްކަމަށްވާ މޯލްޓަރގެ މިކުރޫޒް ލައިނަރ ރާއްޖެއަށް ދަތުރުކޮށްފައިވަނީ ސީޝެލްސްގެ ވިކޮޓޯރިއާ ޕޯޓުންނެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، މާޔާއިން ބުނީ، މިކުރޫޒް ލައިނަރއިން 420 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ.

7 ސްޓާރގެ މިކުރޫޒްލައިނަރ ފުރަތަމަ ދަތުރުކޮށްފައިވަނީ ޅޮހިފުއްޓަށެވެ. އަދި މާދަމާ ކުޑަފުއްޓަށް އެބޯޓު ދަތުރުކުރާނެކަމަށް މާޔާއިން ބުންޏެވެ.

މާޔާއިން ބުނީ އާންމުކޮށް ރާއްޖެއަށް އަންނަ ގިނަ ކުރޫޒްލައިނަރތައް މާލެއަށް ދަތުރުކުރާކަމަށެވެ. ނަމަވެސް މި ކުރޫޒްލައިނަރ މާލެއަށް ކައިރިކުރުމުގައި ދަތިތަކެއްހުރުމުން މާލެއަށް ކައިރި ނުކުރަން ނިންމާފައިވާކަމަށް މާޔާއިން ބުންޏެވެ. އެގޮތުން، ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ މިފަދަ ބޯޓުތައް ބަނދަރު ކުރާނެ ފާލަމެއް ނެތުން ކަމަށް މަޔާއިން ފާހަގަކުރިއެވެ.

މާޔާއިން ބުނީ ކޯވިޑާއި ގުޅިގެން ކުރޫޒް ލައިނަރތަކުގެ ދަތުރުތައް މެދުކަނޑާލުމަށްފަހު އެއެސޯސިއޭޝަނުން ދަތުރުތައް ފަށާފައިމިވަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ގުޅިގެން ކަމަށެވެ. މާޔާއިން ބުނީ އަހަރުގެ ކުރިއަށްހުރި ދުވަސްތަކުގައި ކުރުޒްލައިނަރތަކުގެ ގިނަ ދަތުރުތައް ރޭވިފައިވާކަމަށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުޜޫޒް ޓޫރިޒަމް ފުޅާކުރުމަށް ޓޫރިޒަމް މިނިސްޓްރީންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.