ޚަބަރު

"ބަޅޭ އައްޗޭ ލަގްތޭ ހޭ" އިން ނަކުލް ވަކިވަނީ


ބެލުންތެރިންގެ ބޮޑު ތަރުޚީބެއް ލިބިފައިވާ ސޮނީގެ ޑްރަމާ ސީރީޒް "ބަޅޭ އައްޗޭ ލަގްތޭ ހޭ" އިން އެ ސީރީޒްގެ ލީޑް ތަރި ނަކުލް މެހެތާ ވަކިވާން ނިންމައިފިއެވެ.

ނަކުލް ބުނި ގޮތުގައި އެ ސީރީޒް އިން ވަކިވާން ނިންމީ އޭނާގެ ކެރެކްޓާ ކުރިއަށް ގެންދަން ޖެހޭ ގޮތާއި މެދު ވަރަށް ބޮޑަށް ފޫހިވެގެންނެވެ. އަދި އޭގެ ވާހަކަ މިހާރު ކުރިއަށްދާ ގޮތާއި އަޅާބަލާއިރު މާ ޝައުގުވެރި ކަންތައްތަކެއް ނުހިނގާ ކަމަށްވެސް ނަކުލް ބުންޏެވެ.

"މި ސިލްސިލާ ދައްކަން ފެށިތާ ކުރީކޮޅު ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ލޯތްބަކާއި ސަޕޯޓު ލިބެމުން އައި. އެކަމަކު މިހާރަކު ބެލުންތެރިންގެ ފަރާތުން މިއަށް މާ ބޮޑު ޝައުގުވެރިކަމެއް ދޭ ކަމެއް ފާހަގައެއް ނުކުރެވޭ" ހިންދުސްތާން ޓައިމްސް އަށް ނަކުލް ބުންޏެވެ.

"އަހަންނަށް ވެސް މިހާރު ޤަބޫލުކުރެވެނީ ވާހަކަ ކުރިއަށްދާގޮތުން މި ސިލްސިލާ ވަރަށް ފޫހިވެއްޖެ ކަމެއް. އަހަރެން ކުޅޭ ރާމް ކުޅޭ ކެރެކްޓާ އިން ގެނެސްދެވޭނެ އާ ކަމެއް މިހާރަކު ނެތް" ނަކުލް ބުންޏެވެ.

މި ސީރީޒުން ވަކިވުމަށްފަހު މިހާރު ބޭނުން ވަނީ އާ އެއްޗެއް ފަށަން ކަމަށްވެސް ނަކުލް ވަނީ ބުނެފައެވެ.

"ބަޅޭ އައްޗޭ ލަގްތޭ ހޭ 2" އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް ކުރިން ހަމަ އެ ނަމުގައި 2011-2014 އަށް ސޮނީން ގެނެސްދިން ސިލްސިލާގެ ދެވަނަ ސީޒަނެވެ. ޖުމްލަ 644 އެޕިސޯޑް ގެނެސްދިން އެ ސިލްސިލާގެ ލީޑް ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރު އެވެ.