ޚަބަރު

އަކްޝޭގެ "ގޯރްކާ" ގެ މަސައްކަތް މިވަގުތަށް ހުއްޓާލައިފި


ޕްރޮޑިއުސަރު އާނަންދް އެލް ރާއީ އަކްޝޭ ކުމާރާއިއެކު އިޢުލާނުކޮށްފައިވާ އެޕިކް ވޯ ފިލްމު "ގޯރްކާ" ގެ މަސައްކަތް މިވަގުތަށް ހުއްޓާލާފައިވާ ކަމަށް އާނަންދް ބުނެފިއެވެ.

މި ފިލްމާއިބެހޭ ގޮތުން ވާހަކަ ދައްކަމުން އާނަންދް ބުނީ މީގެ މަސައްކަތް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ.

"އާނ، އެއީ ތެދެއް. އަޅުގަނޑުމެން މިވަގުތު މި ފިލްމެއް ނުހަދަން. ފަންނީ މައްސަލަތަކެއް އެބަހުރި. ޙަޤީޤީ ސާފުކުރުންތަކެއް އެބަހުރި." އާނަންދް ބުންޏެވެ.

ނަމަވެސް މި ފިލްމު އަކްޝޭ ދޫކޮށްލި ކަމަށް ދެކެވޭ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ނޫން ކަމަށް އާނަންދް ވަނީ ބުނެފައެވެ.

އަކްޝޭއާއެކު "އަތުރަންގީރޭ" އާއި "ރަކްޝާބަންދަން" ގައިވެސް މަސައްކަތް ކޮށްފައިވާ އާނަންދް އާއި އަކްޝޭ ވަނީ މި ފިލްމުގެ މަސައްކަތް މަޑުޖައްސާލަން އެއްބަސްވެފައި ކަމަށްވެސް އާނަންދް ބުންޏެވެ. އަދި މީގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަންވެސް އާނަންދު ވަނީ ދީފައެވެ.