ޚަބަރު

ފަތުރުވެރިކަން ތަޖުރިބާކޮށް، އިޝްތިހާރުކުރުމަށް އިންޑިއާގެ ނޫސްވެރިން ޓީމެއް ރާއްޖެއަށް


ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް، އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ދައުވަތަކަށް އިންޑިއާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

މި ޓީމުގެ ފަރާތުން، ފަތުރުވެރިންނަށް އިންތިޒާމު ކޮށްފައިވާ ހުށަހެޅުންތަކާއި ތަފާތު ތަޖުރިބާތަކާއި އެހެނިހެން ހަރަކާތްތައް ތަޖުރިބާކުރާނެއެވެ.

މި ދަތުރުގައި ބައިވެރިވާ ޓީމުގައި ހިމެނެނީ އިންޑަލްޖް އެކްސްޕްރެސް (އެންއައިއީ)، ދަ ސަންޑޭ ގާޑިއަން، އީޓީ ޓްރެވަލް ވޯލްޑް، ޑައިނިކް ޖަގްރާން ތަމްސީލުކުރާ ނޫސްވެރިންގެ އިތުރުން އިންޑިއާ، އެމެރިކާ އާއި ޔޫރަޕްގެ ޕަބްލިކޭޝަންތަކަށް ކޮންޓްރިބިއުޓްކުރާ ފްރީލާންސް ލިޔުންތެރިއަކާއި ޕީއާރު މަންދޫބެކެވެ.

ނޫސްވެރިންގެ ޓީމު ތިބެނީ އައުޓްރިގަރ މޯލްޑިވްސް މާފުށިވަރު ރިސޯޓާއި، ސަން ސިޔާމް އިރުވެލި, ވެސްޓް ސޭންޑްސް އުކުޅަސް، ރަންތަރި ގެސްޓްހައުސް އެންޑް ސްޕާ، އަދި ނާލަ ވެލި މޯލްޑިވްސްގައެވެ. މި ޓީމުން ރާއްޖޭގެ މެހެމާންދާރީ އާއި އަގުހެޔޮ ލަގްޒަރީ އޮޕްޝަންތަކާއި ރާއްޖޭގެ ތަފާތު ހިދުމަތްތައް ތަޖުރިބާކުރާނެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ، މި ޓީމުން ތަޖުރިބާކުރާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ލޯކަލް އައިލެންޑް ޓުއާސް؛ ސްނޯކްލިންގ އާއި ވޭލް ޝާކް/މަންޓާ އަދި ޓާޓަލް ޕޮއިންޓްތަކަށް ޒިޔާރަތްކުރުން؛ ސަންސެޓް ކްރޫޒްތައް؛ ސޭންޑްބެންކަށް ޒިޔާރަތްކުރުމާއި، މުރަކަ އިންދާ އާލާކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރވުމުގެ އިތުރުން ކެއްކުމުގެ ކްލާސްތައް ހިމެނެއެވެ. މި ޓީމުން ތައްޔާރުކުރާ އާޓިކަލް، ފޮޓޯ، އަދި ވީޑިއޯތަކުގެ ޒަރިއްޔާއިން ދަތުރުގެ ތެރެއިންނާއި ފަހުންވެސް މި ހަރަކާތްތަކުގެ ތަފްސީލު ހިއްސާކުރާނެއެވެ.

މި ޓީމުތަކުން އެކަށޭނެ މަލްޓިމީޑިއާ ކޮންޓެންޓާއި ލިޔުންތައް އިންޑިއާ މާކެޓާއި އެހެނިހެން މާކެޓްތަކުގައި ހިއްސާކުރާނެއެވެ. މި ކޮންޓެންޓްގެ ޖުމްލަ ރީޗް 4.9 މިލިއަނަށް އަށްވުރެ ގިނަވާނެކަމަށް ލަފާކުރެވޭކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

އިންޑިއާ އަކީ 2022ގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމެވެ. 31 ޑިސެމްބަރު 2022 ގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 241،369 ފަތުރުވެރިން އައިސްފައިވާއިރު، މިއީ 14.4 މާކެޓް ހިއްސާއެވެ. ރާއްޖޭގެ މަގުބޫލުކަން މި މާކެޓުގައި ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ވަނީ މިދިޔަ އަހަރު ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.