ވިޔަފާރި

އެޗްއެސްބީސީން ރީޓެއިލް ބޭންކިންގެ ޚިދުމަތް ހުއްޓާލަނީ


މާލޭގައި ހުންނަ އެޗްއެސްބީސީ އޮފީސް

ހޮންކޮންގް އެންޑް ޝެންހާއީ ބޭންކިން ކޯޕަރޭޝަން، އެޗްއެސްބީސީގެ މާލޭ ބްރާންޗުން ރީޓެއިލް ބޭންކިންގެ ޙިދުމަތް ހުއްޓާލަން ނިންމައިފިއެވެ.

އެޗްއެސްބީސީން މައުލޫމާތުދެއްވާގޮތުގައި އެބޭންކުން ދޭ ރީޓެއިލް ބޭންކިންގެ ޙިދުމަތް ހުއްޓާލަން ނިންމީ އެޗްެއެސްބީސީން ރާއްޖޭގައި ދޭ ކޮމާޝަލް ބޭންކިންގެ ޙިދުމަތް ރާއްޖޭގައި ފުޅާކުރުމަށްޓަކައި ކަަމަށް. އަދި އެބޭންކުގެ ރާއްޖޭގެ ބުރާންޗުގައި ގިނައީ ކޯރޕަރޭޓް ކަސްޓަމަރުން ކަމަށާއި އެފަރާތްތަކަށް ދޭ ޙިދުމަތްތައް ފުޅާކުރުމުން ރާއްޖޭގެ އިޤްތިސާދަށް އޭގެ ފައިދާ ކުރާނެ ކަން އެޗްއެސްބީސީން ފާހަގަކުރައްވައެވެ.

އެބޭންކުން ރާއްޖޭގައި ހިންގާ ބްރާންޗުން ރީޓެއިލް ބޭންކިން ހުއްޓާލުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް 28 އިން ފެށިގެން، ރީޓެއިލް ބޭންކިން ހުއްޓާލުމުން އެބޭންކުން ވަކިވަކި ފަރުދުންނަށް އެކައުންޓް ހުޅުވައެއް ނުދޭނެއެވެ.