ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ އަންހެން އަދި ފިރިހެން ޤައުމީ ޓޭބަލް ޓެނިސް ޓީމް މެލޭޝިޔާއަށް ފުރައިފިއެވެ.
މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި މިމަހުގެ އަށާވީހުން މާޗް ހަޔަކަށް އޮންނަ ވޯލްޑް ޗެމްޕިއަންޝިޕަށް ރާއްޖެއިން ވާދަކުރަނީ ފިރިހެން ތިން ކުޅުންތެރިންނާއި އަންހެން ހަތަރު ކުޅުންތެރިންނެވެ. މިމުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމް ރޭންކް ކޮށްފައިވަނީ ސަތޭކަ ދިހަވަނައިގައެވެ. މިމުބާރާތުގެ ފިރިހެން ޓީމް އިވެންޓްގައި ޖުމްލަ ސަތޭކަ ތިރީސް ތިން ޓީމް ވާދަކުރާނެއެވެ. އަންހެން ޓީމް އިވެންޓްގައި ސަތޭކް ނުވަ ޓީމް ވާދަކުރެއެވެ. އަންހެން ޓީމް އިވެންޓްގައި ރާއްޖެ ރޭންކް ކޮށްފައިވަނީ އަށްޑިހަ ހަތްވަނައިގައެވެ.
ވޯލްޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ ރީޔޫނިއަންގައި އެންމެ ފަހުން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި އިންޑިޔާގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ކުޅުންތެރިންނެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީޓީ ޓީމުންވަނީ ލޯ މެޑަލް ޙާސިލްކޮށްފައެވެ.