ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ރޭންކިންގ ފަހު މެޗް ކާމިޔާބުކޮށް ދުނިޔޭގެ ރޭންކިންގްގެ 83ވަނައަށް ގައުމީ ފިރިހެން ޓީޓީ ޓީމް ޖެހިލައިފިއެވެ.
ރޭންކިންގްގެ ފަހު މެޗުގައި ދިވެހި ޓީމް ވާދަކުރީ ތުރްކްމިނިސްތާނާއެވެ. މި މެޗް ދިވެހި ފިރިހެން ޓީޓީ ޓީމް ކާމިޔާބުކުރީ ތިން މެޗް އެއް މެޗުންނެވެ.
ތުރްކްމިނިސްތާނާއި ދެކޮޅަށް ދިވެހި ޓީމް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗް ދިވެހި ޓީމަށް ކާމިޔާބުކޮށްދިނީ ރާއްޖޭގެ އެއްވަނަ ފިރިހެން ޓީޓީ ކުޅުންތެރިޔާ މޫސާ މުންސިފްއެވެ. އަދި ތިންވަނަ މެޗު ދިވެހި ޓީމަށް ހޯދައިދިނީ މުހައްމަދު ޒީސްތް ނަސީމެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ދިވެހި ޓީމް ތުރުކްމިނިސްތާން އަތުން ބަލިވިކަން ފާހަގަކޮށްލެވެއެވެ.
މިއަދު ދިވެހި ޓީމް ހޯދި މޮޅާއިއެކު ދިވެހި ޓީމަށް ލިބިފައިވަނީ ދުނިޔޭގެ ރޭންކިންގްގެ 83 ވަނައެވެ. މިދިޔަ އަހަރުގެ މި މުބާރާތުގެ ރޭންކިންގއާއި އަޅާ ބަލާއިރު މީ 27 ދަރަޖައިގެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރުގެ ދިވެހި ޓީމްގެ ރޭންކްއަކީ 110 ވަނައެވެ.
މި މުބާރާތުގައި ވާދަކުރާ ދިވެހި އަންހެން ޓީޓީ ޓީމް ރޭންކިންގ ފަހު މެޗުގައި ފިޖީއާއި ދެކޮޅަށް މާދަމާ ނިކުންނާނެއެވެ.