ސޫރިޔާގައި އިޢުލާނުކޮށްފައި ހަމަލާތައް ބަދަލުކުރުމުގެ އެއްބަސްވުމާއި ދެކޮޅަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެމެރިކާއިން ބުނެފިއެވެ.
 
އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނާއިބު އެންޓޮނީ ބްލިންކެން ވިދާޅުވީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި ބައެއް ފަރާތްތަކުން ޚިލާފުވަމުންދާކަމަށާއި، އެއީ ކޮން ފަރާތްތަކެއްކަން ބަލާނެކަމަށެވެ.
 
އަދި އެ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
 
އޭނާ ވިދާޅުވީ، މި އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ޙާލުގައި ޖެހި އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށެވެ.
 
ނަމަވެސް، ގިނަ އަދަދެއްގެ މީހުންނަށް މިހާރުވެސް އެހީގެ ސާމާނު ފޯރުކޮށްދެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
 
މި ގޮތުން މިހާތަނަށް ސަތޭކަ ވިހި ހާހަށްވުރެ ގިނަ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
 
ސޫރިޔާގައި ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމެއް އެކުލަވާލާފައިވަނީ އެމެރިކާއާއި ރަޝިޔާގެ ބާރު އެޅުމުގެ ދަށުންނެވެ.