ކުޅިވަރު

އެންމެ ފަހު މިނެޓުގައި ކާޔާ އެފްސީން ނިއު ރޮއްވާލައިފި


މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ކާޔާ އެފްސީން ކާމިޔާބުކުރި ގޯލުން އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓް ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެއެވެ. 

ފިލިޕީންސްގައި މިއަދު ހަވީރު ކުޅުނު މެޗުގެ 90 މިނެޓު ހަމަވިއިރު ނަތީޖާއޮތީ ސުމެއް ސުމަކުން އެއްވަރުވެފައެވެ. ރެފްރީ މެޗުގައި ދެއްކި އިތުރުވަގުތުގެވެސް އެންމެ ފަހު މިނެޓުގައި ކާޔާ އެފްސީން ނިއުރޭޑިއަންޓްގެ ރޮއްވާލީ ޖޯސޭ ޕޯރޓީރިއޯ ޖަހައިދިން ގޯލުންނެވެ. 

މެޗުގައި ލަނޑު ޖަހާނެ ހުސް ފުރުސަތުތަކެއް ދެ ޓީމްގެ ކުޅުންތެރިންނަށްވެސް ލިބުނުކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ނިއުރޭޑިއަންޓްގެ މިޑްފިލްޑާރ ރިލްވާން ވަހީދަށް މުޅިން ހުސް ފުރުސަތެއް ލިބުނުއިރު، ކާޔާ އެފްސީގެ ކުޅުންތެރިންނަށްވެސް މެޗުގައި ގިނަ ހުސް ފުރުސަތުތަކެއް ލިބުނެވެ. 

މިއަދުގެ މެޗުން ބަލިވުމާއިއެކު ނިއުރޭޑިއަންޓްވަނީ އޭއެފްސީ ކަޕްގެ ގްރޫޕް އެފްގެ އެންމެ ފުލަށް ވެއްޓިފައެވެ. ނިއުރޭޑިއަންޓަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި ގްރޫޕްގެ އެއްވަނާގައި އޮތީ މިއަދު ހޮންކޮންގގެ ކިޗީ އެފްސީ އަތުން މޮޅުވި ސިންގަޕޫރުގެ ބަލެސްޓަރ ޚަސްލާ އެފްސީއެވެ. 

އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓް ކުޅޭ ތިންވަނަ މެޗުގައި އެޓީމް ނިކުންނާނީ ކިޗީ އެފްސީއާއި ދެކޮޅަށެވެ