މުޅި ދުނިޔޭގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ގިނަ ޙަރަކާތްތަކެއް ކޮންމެ އަހަރަކުވެސް ހިންގައެވެ. މިއަހަރުގެ މިހާތަނަށް އެ ކުންފުނިން އެންމެ ފަޚުރުވެރިކަމާއެކު ނިންމާލި އެއް ޙަރަކާތަކީ ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރެންސް“ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ފާހަގަކުރައްވައެެވެ.
މިއަހަރުގެ ޖޫންމަހު ވިޒިޓް މޯލްޑިވްސުން ބޭއްވި ސްޓޯރީ ޓެލަރސް ކޮންފަރެންސަކީ އެމްއެމްޕީއާރުސީން މިހާތަނަށް ރާއްޖޭގައި ހިންގި ރާއްޖެ އިޝްތިހާރުކުރުމުގެ އެންމެ ބޮޑު ޙަރަކާތެވެ. މިއީ މިގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓްރެވެލް ލިޔުންތެރިންނާއި، ނޫސްވެރިންނާއި، ބްލޮގަރުންނާއި، އިންފުލުއެންސަރުންނާއި، މީޑިއާތަކުގެ ތަޖުރިބާކާރުން ގެނެސްގެން ރާއްޖެ އިޝްތިހާރުކުރަން ހިންގި އެންމެ ފުރަތަމަ ޙަރަކާތްވެސް މެއެވެ. މި ކޮންފަރެންސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވީ، މިއަހަރު އެންމެ ފަހުރުވެރިކަމާއެކު ނިންމާލެވުނު އެއް ޙަރަކާތަކީ ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރެންސް ކަމަށެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 80 އަށްވުރެ ގިނަ ސްޓޯރީ ޓެލަރސް ބައިވެރިވުން އެއީ ކާމިޔާބީއެއްގެ ގޮތުގައި ޠައްޔިބު ފާހަގަކުރެއްވިއެވެ.
“ކޮންފަރެންސް ހާފް ޑޭއެއް ވިއަސް ބްރޭކް އައުޓް 3 ސެޝަން 3 ތަނެއްގައި ކުރިއަށްދިޔަ.. ފިނޮޅެއްގައި އެއް ބްރޭކްއައުޓް ސެސަން. ފުލްމޫންގައި ކޮރަލް ޕްލާންޓިން އަދި ކްރޮސްރޯޑްގެ ބީޗްގައި ބޭއްވިން އެތަނުގެ ހިސްޓްރީ އާއި ކަލްޗަރއާ ބެހޭގޮތުން. އެއަށްފަހު ރާއްޖޭގެ 8 ސަރަހައްދަކަށް ބައިވެރިން ބަހާލިން. އަދިވެސް މީގެ ސްޓޯރީތައް ދުނިޔޭގެ ތަންތަނުގައި ފެންނަމުން އެދަނީ. ކަމިޔާބު ވަރަށް ކާމިޔާބު“ ތޮއްޔިބު ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރެންސްގެ ތެރެއިން ބިލިއަނަކަށްވުރެ ގިނަ މީހުންނަށް ރާއްޖެ އިޝްތިހާރުވިކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީން މި އަހަރުގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ހިންގަން ހިންގިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. މީގެތެރޭގައި 120 ޙަރަކާތް ހިމެނެއެވެ. ރޯޑްޝޯތަކާއި، ފެއަރތަކާއި އެގްޒިބިޝަންތައް މީގެތެރޭގައި ހިމެނެއެވެ. އަދި ކުރިއަށްވެސް މުހިންމު ޙަރަކާތްތަކެއް ހުރިކަން އެމްއެމްޕީޢާރުސީން ފާހަގަކުރެއެވެ.