ސައުތު ޗައިނާ ބަލިކޮށް އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު މާޒިޔާއިން އާކޮށްފިއެވެ. މިއަދު ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކާމިޔާބުކުރީ ދެލަނޑު އެއްލަނޑުންނެވެ.
މެޗްގެ ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ސައުތު ޗައިނާއިންނެވެ. މިލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ސަން ސިއު ވާންއެވެ. ދެވަނަ ހާފްގައި މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ރަޝީދުއެވެ. މެޗުން މާޒިޔާއަށް ތިން ޕޮއިންޓް ލިބުނީ ސައުތު ޗައިނާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.
މިމޮޅާއެކު މާޒިޔާއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި މެޗުން މެޗުން ބަލިވި ނަމަ މާޒިޔާއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ހަނިވާނެއެވެ. މެޗަށްފަހު މާޒިޔާގެ އިސްމާއިލް އީސާ ބުނީ މިއީ ޓީމުގެ ކުޅުންތެރިން ކުރި ބުރަ މަސައަކަތް ކަމަށާއި، މިމެޗުން މޮޅުވުމަށް ހުރިހާ ކުޅުންތެރިންވެސް ބުރަ މަސައްކަތް ކުރިކަމަށެވެ.
"ވަރަށް މުހިންމު ތިން ޕޮއިންޓް މިއީ ދެވަނަ ބުރަށް ދާން ބޭނުންނަނަމަ. މިއަދު ފެނުނީ ހުރިހާ ކުޅުންތެރިންވެސް މެޗުން މޮޅުވުމަށް ކުރި ބުރަ މަސައްކަތް" އީސަ ބުންޏެވެ.
ގްރޫޕް ޖީގައި މާޒިޔާ 4 ޕޮއިންޓާއެކު ތިންވަނައިގަ އޮތްއިރު މިގްރޫޕްގެ ދެވަނައިގައިވާ ޔަންގޮން ޔުނައިޓެޑަށްވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ.