ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، މިހާރު ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެއިދާރާއިންވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
Alert white for heavy rain and thunderstorms. pic.twitter.com/okJLC9BETw
— Maldives Meteorology (@MetMaldives) September 27, 2023
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިއާ އެކު ފެންބޮޑުވުން އެކަށީގެންވާތީ އާއްމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ކަނޑުތައް އާއްމުގޮތެއްގައި އެހާ ގަދަ ނޫން ކަމަށެވެ. އެހެން ނަމަވެސް ވިލާގަނޑުގައި 35 މޭލަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.