ކުޅިވަރު

އިރާންގެ ހާމިދު ރެޒާއީ ގައުމީ ވޮލީ ކޯޗަކަށް ހަމަޖައްސަނީ


އިރާންގެ ކޯޗެއްކަމަށްވާ ހާމިދު ރެޒާއީ ގައުމީ ވޮލީ ޓީމަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް ވޮލީ ބޯލް އެސޯސިއޭޝަންއިން ބުނެފިއެވެ. 

ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒު ވިދާޅުވީ އިރާންގެ މިކޯޗަކީ ކުރިއަށް އޮތް ސެންޓްރަލް ޒޯންއަށް ގައުމީ ވޮލީ ޓީމް ތައްޔާރުކޮށްދިނުމުގެ ގޮތުން ގެންނަ ކޯޗެއްކަމަށެވެ. މިއީ އިރާންގެ ވޮލީ ފެޑެރޭޝަންގެ އެހީގައި ގެންނަ ކޯޗްއެއްކަމަށާ މިއީ މޮޅު ކޯޗެއްކަމަށް މަޢުލުމާތު ލިބިފައިވާކަމަށެވެ. ރިޔާޒު ވިދާޅުވީ ތައިލެންޑް ފެޑެރޭޝަނުން ފޮސީޓާ ރާއްޖެ ފޮނުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންކަމަށާ ފަހުން މުއްތަދު އިތުރުކުރީ އޭނާއާ އަމިއްލަ ގޮތުން ވާހަކަދައްކައިގެން ކަމަށެވެ. ރިޔާޒު ވިދާޅުވީ ފޮސިޓާ އެއްބަސްވުން ހަމަވުމުން އޭނާ ފޮނުވާލީ އެސޯސިއޭޝަނާ އަދި ގައުމީ ޓީމްގެ ކުޅުންތެރިންނާވެސް މައްސަލައެއް އޮވެގެން ނޫންކަމަށެވެ.

img:http://s1.psmnews.mv/images/660x400/14588260599484.jpg|ގައުމީ ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒު (ފޮޓޯ:ޕީއެސްއެމް - އަލީ ނަސީރު)

"އަސްލު މިކޯޗަކީ ވަރަށް ފެންވަރުގެ ކޯޗެއް. އިރާންގެ ފެޑެރޭޝަންއިން މިކޯޗް ހަމަޖައްސައިދެނީ. މީޑިޔާތަކުން ވާހަކަ ދަތުރަނީ ގޯސްކޮށް، ސުންޓޮން ފޮނުވާލަނީ ކީއެއް ނޫން، އެއްބަސްވުމުގެ މުއްދަތުހަމަވީ އަސްލު، އެއް އަހަރަށް ސުންޓޮން ރާއްޖެގެނައި ފަހުން އޭނާއާ ވާހަކަދައްކައިގެން މުއްތަތު އިތުރުކުރީ، އެއްވެސް މައްސަލައެއް އުޅެނީކީ ނުން، އެސޯސިއޭޝަނާ ކޯޗާ އެއްވެސް މައްސަލައެއް ނެތް." ރިޔާޒޔ ވިދާޅުވިއެވެ.

ގައުމީ ޓީމަށް އަލަށް ގެނައުމަށް ހަމަޖެހިފައިވާ އިރާންގެ ކޯޗް މިއަންނަ މަހުގެ ތެރޭގައި މާލެ އަންނާނެކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.