ޚަބަރު

ޚާއްސަ ޑިސްކައުންޓްތަކަކާއެކު އެމްޓީސީސީގެ ކަށަވަރު ޕްރޮމޯ މިއަހަރުގެ ނިޔަލަށް ކުރިއަށްދާނެ


  • ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް

  • 5000 ރުފިޔާއިން ފެށިގެން މަތީގެ ވިޔަފާރިތަކަށް ކޫޕަނެއް

  • މާލެއާއި އަތޮޅުތަކުގައި ޚާއްސަ ހަރަކާތްތަކެއް

  • ނަސީބުވެރި ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީގެ "ކަށަވަރު ޕްރޮމޯ 2023" ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ނޮވެމްބަރު އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށެވެ. މިއަހަރުގެ ނިޔަލަށް ކުރިއަށްދާ މި ޚާއްސަ ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމް.ޓީ.ސީ.ސީގެ ޕްރޮޑަކްޓްތައް ވިއްކުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއްކަމަށް އެކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ބޮޑެތި ޑިސްކައުންޓްތަކެއް ދެވޭނެކަމަށްވެސް އެމް.ޓީ.ސީ.ސީން ބުނެއެވެ.

އެމް.ޓީ.ސީ.ސީއިން ބުނީ މި ޕްރޮމޯގެ ތެރެއިން އެކުންފުނިން ވިއްކާ ސުޒުކީ އަދި ޔަމްނާ އިންޖީނާއި، ސްޓަރން އައިޓަމްސްއާއި، ސްކޮޓް ބޭޑަރ ރެސިންއާއި، ސްކޮޓް ބޭޑަރ ޖެލްކޯޓްސް އަދި ޕިގްމެންޓްސްއާއި، ޔަންމާ ޖެންޓްސްއާއި، ސްޕެއާރ ޕާރޓްސްއާއި، އެކްސަސަރީޒްއާއި، އިންޑަސްޓްރިއަލް ގޭހާއި، މެރޯލް އަދި ލިބްރިކަންޓްސްއަށް ޑިސްކައުންޓް ލިބޭނެކަމަށެވެ. އަދި ޕްރޮމޯ ނިންމާލުމަށްފަހު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 175 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނޭރުންނާއި، ފަތުރުވެރިކަމާއި، ޓްރާންސްޕޯޓުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި މާލޭއާއި ހުޅުމާލޭ ބަނދަރު ސަރަޙައްދާއި، ތިލަފުށީ ޑޮކްޔާޑް އަދި ސައިޓާއި، ރ. އަލިފުށި، ރ. ވާދޫ، ތ. ހިރިލަންދޫ، ތ. ތިމަރަފުށި، ތި ދިޔަމިގިލި، ދ. ކުޑަހުވަދޫ، ކ. މާފުށި، ކ. ގުޅި، އަދި ފުވައްމުލައް ސިޓީގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމް.ޓީ.ސީ.ސީއިން ބުނެއެވެ.