ރޭ ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓު ތެރޭގައި މާރާމާރީއެއް ހިނގައިގެން އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މިއަދު ފުލުހުންގެ ޚިދުމަތުން މިހެން ވިދާޅުވީ ރޭ ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓު ތެރޭ ފުރާވަރުގެ ކުއްޖަކަށް ހަމަލަދީފައިވާ ކަމަށް ބުނެ، ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މަޢުލޫމާތުތަކެއް ދައުރުވަމުންދަނިކޮށް އެކަމާ ގުޅެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރޭ ހުޅުމާލެ ސެންޓްރޯ މޯލް ލިފްޓް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާ ދީފައިވާކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ މަޢުލޫމާތާގުޅޭ pic.twitter.com/VoUWcYfVe6
— Maldives Police (@PoliceMv) December 10, 2023
މިޕޯސްޓަގއިވަނީ އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެކަންތައް ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި، އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކުވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކުވޭތޯ ބެލުމަށް އެ ސަރަހައްދުން މީހުންނާ ސުވާލު ކުރައްވާފައިވާ ކަމަށެވެ. އޭގެ އިތުރުން، ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފަރުވާހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް ހާމަކުރައްވާފައިވެއެވެ.
މިކަމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ޕޮލިސް ނަންބަރ 332،2111 އަށް ގުޅުއްވާ އެމަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ.