ރާއްޖެގެ ތަރައްޤީގެ ދާއިރާގައި ހުރި ފުރުސަތުތަކާއި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ އެންރީކޯ ގަވޭލިއާއާއި އެކު މަޝްވަރާކުރައްވައިފިއެވެ.
އިޤްތިސާދީ ތަރައްޤީއާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ޔުނައިޑަޓް ނޭޝަންސް ޑިވެލޮޕްމަންޓު ޕްރޮގްރާމް، ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ އެންރީކޯ ގަވޭލިއާ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޔޫއެންޑީޕީން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ގާތުން މަސައްކަތްކުރަނީ އިޤްތިސާދީ ވުޒާރާއާއެކު ކަމަށްވުމުން، އެ ވުޒާރާއާއި އެކު އޮންނަ ގުޅުން މުހިންމު ކަމަށެވެ.
އިޤްތިސާދީ ވަޒީރު މުޙައްމަދު ސައީދާއި އެކު ބޭއްވި ބައްދަލުވުމުގައި ޔޫއެންޑީޕީއިން ކުރިމަގުގައިވެސް ތަރައްޤީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ. އަދި ތަރައްޤީ ގެނައުމުގައި ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް، އިންސާނުންގެ ލާބަޔާއި ޤައުމަށް އެންމެ ފައިދާކުރާނެ ފަދަ ގޮތަކަށް މަޝްރޫޢުތައް ބައްޓަންކުރުމަށް އިސްކަންދިނުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
Key guidance received from HE @em_saeed Minister of @MoEDmv - @UNDPMaldives places the work w. the economic ministry at the core of our support to #Maldives - increasing opportunities for investment/ offering strategic options to reduce public budget burden with an economy that… https://t.co/HZPDJwWOkk
— Enrico Gaveglia (@enrico_gaveglia) December 11, 2023
މި ބައްދަލުވުމުގައި އިޤްތިސާދީ ވަޒީރު ސައީދު ވަނީ ރާއްޖޭގައި ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތުތައް ސަފީރު އެންރިކޯއާއި ހިއްސާކުރައްވާފައެވެ.
ވަޒީރު ވަނީ ރާއްޖެއަށް ތަރައްޤީ ގެނައުމުގައި ޔޫއެންޑީޕީއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ޔޫއެންޑީޕީއަކީ ރާއްޖޭގައި އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި މުޙިއްމު ދައުރެއް އަދާ ކުރާ ފަރާތެކެވެ. އެގޮތުން ފަގީރުކަން ނައްތާލުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި، ސުލްޙަވެރި މުޖުތަމަޢެއް ޤާއިމްކުރުމަށާއި، ތިމާވެއްޓައް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށް ފުޅާ ދާއިރާއެއްގައި ފައިސާގެ އެހީތެރިކަމާއި، އެހެނިހެން އެހީތެރިކަން ޔޫއެންޑީޕީން ފޯރުކޮށްދެއެވެ.