ކުރީ ސަރުކާރުގައި މަގު ހެދުމުގެ މަސައްކަތް ފެށުމަށްފަހު މަޑުޖެހިފައި އޮތް 17 ރަށެއްގެ މަސައްކަތް އަލުން ފަށައި އަވަހަށް ނިންމުމުގެ ޢަމާޒު ހިފައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުނީ، އެކި ސަބަބުތަކާއި ގުޅިގެން އާރުޑީސީން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަޑުޖެހިފައި ހުރި މަސައްކަތްތައް އަލުން ފަށާފައިވާކަމަށެވެ. އެގޮތުން 17 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެކުންފުނިން ބުންޏެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ.
ރާއްޖޭގެ ތިން ސަރަހައްދަކަށް ބަހާލައިގެން އާރުޑީސީ އިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަޑުޖެހިފައި އޮތުމަށްފަހު އަލުން މަސައްކަތްތައް ފެށިފައިވާ ރަށްތައް.#TeamRDC pic.twitter.com/kNePxqOWZQ
— Road Development Corporation Ltd (@rdcmaldives) December 23, 2023
- ހއ. ދިއްދޫ
- ހދ. ކުޅުއްދުއްފުށި
- ށ. މިލަންދޫ
- ރ. ހުޅުދުއްފާރު
ގދ. ގައްދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު މަސައްކަތް ކުރަމުންދަނީ ވަތަބަނޑޭރި މަގުގައި ދުވާރުގެ މަސައްކަތްތައް. އަދި މި މަސައްކަތުގެ %84 މަސައްކަތްވަނީ ނިމިފައި.#TeamRDC pic.twitter.com/ueNGQWVVE8
— Road Development Corporation Ltd (@rdcmaldives) December 21, 2023
- ނ. ހޮޅުދޫ
- ނ. ވެލިދޫ
- ޅ. ހިންނަވަރު
- މ. މުލައް
- އަމީނީ މަގު
- އދ. މާމިގިލި
- ދ. ކުޑަހުވަދޫ
ދ. ކުޑަހުވަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ މަގުތަކުގެ ތެރެއިން އޯކިޑް މަގުގައި މިވަގުތު ކުރިއަށްދަނީ ސްޓޯމް ވޯޓަރ ނެޓްވޯކް ރަނގަޅު ކުރުމުގެ މަސައްކަތް. މީގެ އިތުރުން ރަހުމާނީ ހިނގުމުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުން. #TeamRDC pic.twitter.com/3Ka9UdElou
— Road Development Corporation Ltd (@rdcmaldives) December 19, 2023
- ތ. ތިމަރަފުށި
- ލ. ގަން ފޭސް 2
- ގއ. ކޮލަމާފުށި
- ގއ. ވިލިނގިލި ފޭސް 2
- ގދ. ތިނަދޫ ފޭސް 2
- ގދ. ގައްދޫ
އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރު ވިދާޅުވީ މި މަޝްރޫޢުތަކުން އިސްކަންދެއްވާނީ ވީހާވެސް އަވަހަށް ނިންމާލެވޭނެ މަޝްރޫޢުތަކަށްކަމަށެވެ. އެގޮތުން %80އާއި ގާތަށް މަސައްކަތް ކުރިއަށްގޮސް މަޑުޖެހިފައިވާ ރަށްތައްވެސް ހުރުމާއެކު އެފަދަ މަޝްރޫޢުތައް އަވަހަށް ނިންމަވާނެކަމަށް އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ.
މިއަހަރު ރިޔާސީ އިންތިޚާބުގެ ކުރިން މަސައްކަތް މަޑުޖެހި އެއްގޮތަކަށްވެސް މަސައްކަތް ކުރިއަށް ނުދާ ރަށްތައް ހުރިކަން އާރުޑީސީން ފާހަގަކުރެއެވެ.
ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީނިއަރ މެނޭޖްމަންޓް ޓީމުން ވަނީ ހއ. ދިއްދޫގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫގެ މަސައްކަތްތައް ކުރެވެމުންދާ ސަރަހައްދުތަކަށް ޒިޔާރަތްކޮށް، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައި. އަދި އެރަށުގައި ޤާއިމު ކުރެވިފައިވާ ސައިޓަށް… pic.twitter.com/0T5dcshfnu
— Road Development Corporation Ltd (@rdcmaldives) December 17, 2023
މި 17 ރަށުގެ އިތުރުން އިތުރު 15 ރަށެއްގެ މަސައްކަތް އެކުންފުންޏާ އޮތީ ޙަވާލުކޮށްފައެވެ. އެއްވެސް މަސައްކަތެއް ނުހިނގާ އެރަށްތަކުގެ މަސައްކަތް ފެށުމަށް ސާރވޭ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޒުހައިރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން އާރް.ޑީސީއާ ޙަވާލުކޮށްފައިވާ ގިނަ މަސައްކަތްތަކެއްގެ މުއްދަތު ފަހަނަ އަޅާގޮސް ސަރުކާރު ބަދަލު ވިއިރުވެސް އެ މަސައްކަތް ނުނިންމުމާއި، މަސައްކަތްތައް ހުއްޓިފައި އޮތުމާއި، މަސައްކަތް ނުފަށާ ހުރި ރަށްރަށުގައި އެ މަސައްކަތައް ބޭނުންވާ މުވައްޒަފުން ނެގުމަކީ ގޮންޖެހުމެއްނަމަވެސް އެކަމުން އަރައިގަނެ ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރާކަމަށް ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ބުންޏެވެ.