ޚަބަރު

ފުލުހުންގެ ސްޕޯކްސްޕަރސަނަކަށް ޝިފާން


  • އޮފީސް އޮފް ދަ ކޮމިޝަނަރގެ ހެޑްގެ މަޤާމުވެސް އަދާކުރައްވަނީ ޝިފާން

  • މީގެކުރިންވެސް ސްޕޯކްސްޕާސަންގެ މަގާމު އޭނާ އަދާކުރައްވާފައިވޭ

ފުލުހުންގެ ސްޕޯކްސްޕަރސަންގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ހަމަޖައްސައިފިއެވެ.

ސްޕޯކްސްޕާސަންގެ މަގާމަށް ހަމަޖެއްސެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިވަގުތު ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނަރގެ ހެޑްގެ މަގާމުގައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސްޕޯކްސްޕާސަންގެ މަގާމަށް ޝިފާން ހަމަޖައްސަވާފައި ވަނީ އޭނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުންކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ އިސް މަގާމްތަކެއް ފުރުއްވާފައިވާޝިފާން ވަނީ މީގެކުރިންވެސް ފުލުހުންގެ ސްޕޯކްސްޕާސަންގެ މަގާމު އަދާކުރައްވާފައެވެ..