ޚަބަރު

14 ރަށުގެ ތެރެއިން 2 ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ނިމިއްޖެ


މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން މިހާރު ކުރިއަށްގެންދަވާ 14 ރަށުގެ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން 2 ރަށެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 2 ރަށެއްގެ މަސައްކަތް ނިމިގެންދާނެކަމަށް އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނަޒީމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް. ނިއުސްއަށް މައުލޫމާތުދެއްވަމުން އެމް.އާރު.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، ދ. ކުޑަހުވަދޫއާއި، ތ. އަތޮޅު ވިލިފުށީގެ މަގު ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި، ގއ. ވިލިނގިއްޔާ ގދ. ތިނަދޫގެ މަގު ހެދުމުގެ މަސަކްތަ ނިންމާލެވޭވަރު ވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބ. އޭދަފުށީ މަގުހެދުން މިމަހުގެ ފަހުކޮޅުގައި ފެށިގެންދާއިރު، އޭދަފުއްޓާއި، އެކުއެކީގައި، އދ. މަހިބަދޫ އާއި، ރ. މީދު އަދި އުނގޫފާރުގެ މަގު ހެދުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށް އެމް.އާރު.ޑީ.ސީން ވިދާޅުވެއެވެ. ހއ. ދިއްދޫއާއި، ހދ. ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ތައްޔާރު ވަމުންދާ ކަމަށާއި، މީގެ ތެރެއިން ދިއްދޫގައި މިހާރު އަމަލީ މަސައްކަތްވަނީ ފެށިފައެވެ. img:http://s2.psmnews.mv/images/660x400/9646.jpg|އެމްްއާރުޑީސީން ކުރިއަށްގެންދިޔަ މަގު ހެދުމުގެ މަޝްރޫއެއްގެ ތެރެއިން - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖޭގެ އެންމެ ދެކުނުން މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ފުވައްމުލަކުގައެވެ. ފުވައްމުލަކު ބަނދަރާއި ގުޅިގެން ތާރުއަޅައިގެން ހަދާފައިވާ ނައިބުތުއްތު ހިނގުމުގައި އިތުރު ތިން ކިލޯމީޓަރަށް ތާރުއެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު އެމަގުގެ ދެއަރިމަތީގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ފެށުމަށްވަނީ ތައްޔާރުވެފައިވާކަމަށް އެމް.އާރު.ޑީސީންވަނީ ވިދާޅުވެއެވެ. img:http://s3.psmnews.mv/images/660x400/9756.jpg|ރަށެއްގެ މަގު ހެދުމުގައި ބޭނުންކުރާ މެޝިނަރީ ވެހިކަލްއެއް - ފައިލް ފޮޓޯ: އެމްއާރުޑީސީ

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މަގުހެދުމަށް ބޭނުންކުރާ ތަކެތި ގެންނަނީ ރާއްޖެއިން ބޭރުން ކަމައްވާތީ އެކަމަށް މުއްދަތެއް ހޭދަވާކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މަގުހަދަންފަށާ ރަށްރަށަށް ބޭނުންވާ އިތުރު ސާމާނު ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ރަށްރަށަށް ގެންދެވޭބެކަމަށެވެ. އެމް.އާރު.ޑީސީން ރަށްރަށުގައި މަގުތަށް ހަދަނީ ތާރު އަޅައިގެން ބައިނަލްއަޤްވާމީ މިންގަނޑަށް ފެތޭ ގޮތަށެވެ.