ޚަބަރު

ފޭސް 2ގެ ވަގުތީ މާރުކޭޓުގެ ގޮޅިތައް ހިލޭ ދޫކުރަނީ


  • ގޮޅިތައް ދޫކުރަނީ 2 މަސް ދުވަހަށް

  • 10 ފޫޓުގެ 16 ގޮޅި ދޫކުރާނެ

  • ފޯމު ބަލައިގަތުމާއި ގުރު ނެގުން އޮންނާނީ ހޮނިހިރު ދުވަހު

ހުޅުމާލެ ފޭސް 2ގެ ވަގުތީ ލޯކަލް މާރުކޭޓުން ހިލޭ ގޮޅި ދޫކުރަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ފޭސް 2ގެ ވަގުތީ ލޯކަލް މާރުކޭޓުން ކުއްޔަށް ގޮޅި ދޫކުރުމަށް ހުޅުވާލީ މިދިޔަމަހުގެ 28ވަނަ ދުވަހުއެވެ. އަދި އެ އިޢުލާންގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވުމުން ގޮޅިތައް ހޯދަން ފޯމް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލީ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ވަގުތީ މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 މަސް ދުވަހުގެ މުއްދަތަކަށެވެ. މި މާރުކޭޓުން ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ފޫޓުގެ 16 ގޮޅިއެވެ.

ފޯމު ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި:

* ދިވެހި ރައްޔިތެއްކަމުގައިވުން
* 18 އަހަރުފުރިފައިވުން
* ހުޅުމާލެއަށް ރަޖިސްޓްރީވެފައިވާ ރަށްވެސަކަށްވުން

ވަގުތީ މާރުކޭޓުން ގޮޅިތައް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފޯމް ބަލައިގަންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:30އިން 11:00އަށް ހުޅުމާލެ ޣާޒީ ސުކޫލް ހޯލުގައެވެ.

އަދި އެދުވަހުގެ 11:00 އާ ހަމައަށް ދޫކޮށްފައިވާ ނަންބަރުތަކަށް ފޯމު ބަލައިގަތުމަށް ފަހު، ގޮޅިތައް ދޫކުރުމަށް ގުރުނެގުން އޮންނާނެ ކަމަށްވެސް އެޗްޑީސީން މަޢުލޫމާތުދެއެވެ.