ޚަބަރު

ރޯދަ މަސް ފެށުމާއެކު ލެޓިއުސް ކިލޯއެއް 80 ރުފިޔާއަށް


  • މިދިޔަ ހަފްތާގައި ބާޒާރުގައި ލެޓިއުސް ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުރި

  • މިފަހަރު ފަތުގެ ބާވަތްތައް ބާޒާރުގައި ތިޔާގި

  • ކޮޕީ ފަތް ބޮނޑިއެއް 10 ރުފިޔާއަށް

ބާޒާރުގައި އަގު އެންމެ އުފުލިފައިވާ ބާވަތެއްގެގޮތުގައި ފާހަގަކުރެވެނީ ލެޓިއުސް ފަތެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނާގޮތުގައި މިދިޔަ ހަފްތާގައި ކިލޯއެއް 40 ރުފިޔާއަށް ވިއްކި ނަމަވެސް މިހާރު ލެޓިއުސް ފަތް ކިލޯއެއްގެ އަގަކީ 80 ރުފިޔާއެވެ.

ލެޓިއުސްގެ އަގު އުފުލިފައިވަނީ ބާޒާރުގައި ފަތް ލިބެން ހުންނަ މިންވަރަށްވުރެ ޑިމާންޑު އުފުލިފައިވުމުންނެވެ. އެގޮތުން ގިނަ ގޮޅަތަކަށް ގިނަ ލެޓިއުސް ފަތްތައް އެދުވަހުގެ ތެރޭ ހުސްވާ ކަމަށް ގޮޅިތަކުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ. ބާޒާރުގައި ފަތުގެ ބާވަތްތައް ތިޔާޤިކަން ފާހަގަކޮށްލެވެއެވެ.

ބާޒާރުގައި ލިބެން ހުރި ފަތުގެ ބާވަތްތައް

- ކޮޕީ ފަތުގެ 3 ފަތް 10 ރުފިޔާ
- ކުއްޅަފިލާފަތް ބޮނޑިއެއް 25 ރުފިޔާ
- ކަންކުން ފަތް ބޮނޑިއެއް 5 ރުފިޔާ

ބާޒާރުގައި ކަރާ ތިޔާގިއެވެ. އެގޮތުން ކަރާ ކިލޯއެއް ލިބެން ހުރީ 20 ރުފިޔާއަށެވެ. އަދި މިރުސް ކިލޯއެއްގެ އަގު އުޅެނީ 850 ރުފިޔާއަށެވެ.