ޚަބަރު

ބިލެތްފަހީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑުހިލަ ޖަހަނީ


ށ.ބިލެތްފަހީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޮޑުހިލަ ޖެހުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ބިލަތްފަހީގެ އުތުރުފަރާތުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ހަތްސަތޭކަ ވިހި މީޓަރުދިގު ސަރަހައްދެއްގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އަމަލީގޮތުން ފައްޓަވާފައިވަނީ އިއްޔެއެވެ.

މިކަމާގުޅޭ ގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބިލެތްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ، ފަހަކަށް އައިސް އެރަށުން ކޮންމެ އަހަރަކުވެސް، 100 ފޫޓާއި، 150 ފޫޓާއި ދެމެދުގެ ސަރަހައްދެއް ކޮންމެ އަހަރަކުވެސް ގިރަމުންދާކަމަށާއި، މިކަމުގެ ސަބަބުން ރަށުން އެތަކެއް ރުއްގަސް ނެތެމުންދާކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރެއްވުމަށްޓަކައި ސަރުކާރުން ބިލެތްފަހީގެ ގިރާ ސަރަހައްދުގައި ބޮޑު ހިލަޖަހައި ހިމާޔަތްކޮށްދެއްވުމަކީ، ވަރަށް ބޮޑަށް ރަށު ރައްޔިތުން އެކަމަކަށް ބޭނުންވެފައި ތިބިކަމެއްކަން ޒިޔާދު ފާހަގަކުރެއްވިއެވެ.

އެގާރަ މިލިޔަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ކެޕިޓަލް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާއި ހަވާލުކުރައްވައިގެން ކުރިއަށްގެންދަވާ މިމަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމެވުމަށްވަނީ ހަމަޖެހިފައެވެ.

ބިލަތްފަހީގެ ބަނދަރު ސަރުކާރުންވަނީ، 2013 ވަނަ އަހަރު ނިންމަވައިދެއްވާފައެވެ.