ޚަބަރު

ވިލާ ކޮލެޖުގެ މޭ އިންޓޭކަށް ކުރިމަތިލުމުގެ ފުރުޞަތު މާދަމާ ހަމަވާނެ


  • މޭ އިންޓޭކަށް ވިލާ ކޮލެޖުން ވަނީ މުޅިން އަލަށް 3 ކޯހެއް ތާޢާރަފްކޮށްފައި

  • މޭ އިންޓޭކުގެ ކިޔެވުން ފެށޭނީ މިމަހުގެ 3 ވަނަ ހަފްތާގައި

ވިލާ ކޮލެޖުގެ މޭ އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވާނެއެވެ.

ވިލާ ކޮލެޖުގެ މޭ އިންޓޭކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު މިއަހަރުގެ މޭ އިންޓޭކުގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީގެ ކޯސްތައް ހިމެނޭހެން އެކި ދާއިރާތަކުން 150 ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މީގެ ތެރޭގައި ބޭރުގެ ބޮޑެތި ޔުނިވަރސިޓީތައް ކަމަށްވާ އިނގިރޭސިވިލާތުގެ ދި ޔުނިވަރސިޓީ އޮފް ދިވެސް އޮފް އިންގްލޭންޑް އަދި މލޭޝިޔާގެ ތެލާސް ޔުނިވަރސިޓީ އާއި ގުޅިގެން ކުރިއަށްގެންދާ ކޯސްތަކުގެ އިތުރުން ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި ޕްރޮފެޝެނަލް ޕްރޮގްރާމްތައް ހިމެނެއެވެ.

މިއަހަރުގެ މޭ އިންޓޭކަށް ވިލާ ކޮލެޖުން ވަނީ މުޅިން އަލަށް 3 ކޯހެއް ތާރަފްކޮށްފައެވެ. އޭގެތެރޭގައި ސެޓްފިކެޓް 3 ގެ ކަލިނަރީ ކޯހާއި، ސިވިލް އިންޖީނިއަރިންގގެ ޑިގްރީ ކޯހާއި، މާސްޓަރސް އޮފް އިންޖީނައަރިންގ ކޯސް ހިމެނެއެވެ. މޭ އިންޓޭކުގައި އޮންލައިން ކޯސްތަކާއި ފޭސްޓުފޭސް ކޯސްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށްވެސް ވިލާ ކޮލެޖުން ބުނެއެވެ.

ވިލާ ކޮލެޖުން ކުރިއަށްގެންދާ ފޭސްޓުފޭސް ކޯސްތައް ވިލާ ކޮލެޖުގެ މައި ކެމްޕަހުގެ އިތުރުން އަތޮޅުތެރޭގެ 5 ކެމްޕަހުގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެ ކޮލެޖުން ކިިޔަވާ ދަރިވަރުންނަށް ފީދެއްކުމުގައި ލުއިފަސޭހަތަކެއް ހޯދާދިނުމުގެ ގޮތުން އެކޮލެޖުން ވަނީ މަހުންމަހަށް އިންސްޓޯލްމެންޓަށް ފީ ދެއްކޭނޭ އިންތިޒާމްވެސް ހަމަޖައްސާދީފައެވެ.

ވިލާ ކޮލެޖުގެ މޭ އިންޓޭކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ ތިން ވަނަ ހަފްތާގައެވެ.