މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ހިނގާ އޭޕްރީލް/މެއި މަހުގެ ޢުމްރާއަށް ދިޔަ އަންހެނަކު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މައްކާގައެވެ. މިކަން ހާމާކުރައްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ މަރްހޫމާގެ ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށްޓަކާ ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދެވެން އޮތް ހުރިހާ އެއްބާރުލުމެއް ފޯރުކޮށްދެމުންދާ ކަމަށެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 1445 ވަނަ އަހަރުގެ (އޭޕްރިލް/ މެއި 2024) އުމްރާގައި ބައިވެރި ވަޑައިގެންނެވި އަންހެން ބޭފުޅެއް ވަނީ މިއަދު 9 މެއި 2024 (1 ޛުލް ޤަޢްދާ 1445ހ) ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މައްކާގައި ކުއްލިގޮތަކަށް ވަނީ ނިޔާވެފައެވެ. إِنَّا للهِ…
— Mohamed Shakeel 🇲🇻 (@schakyyl) May 9, 2024
ޝަކީލް ވިދާޅުވީ ނިޔާވި މީހާގެ ކަށިކަމާކެމީގެ ކަންކަން ކުރުމަށްޓަކައި ކޯޕަރޭޝަންގެ މުވައްޒަފުންނާއި ޢުމްރާވެރިން ތިބޭ ހޮޓަލުގެ މުވައްޒަފުންނާއި ސަޢުދީގައި ހުންނަ ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް މިޝަންތަކުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ.
ޝަކީލް ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ނިޔާވި މީހާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފައެވެ.