ޚަބަރު

ސޫރިޔާގެ ހާން ތައުމަން އިދިކޮޅު މީހުންގެ އަތް ދަށަށް !


ސޫރިޔާގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ހަލަބްގެ ކައިރީގައިވާ ރަށެއް ކަމަށްވާ ހާން ތައުމަންގައި ކުރިޔަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަނެއްގައި 73 މީހުން މަރުވެފައިވާކަމަށް ސޫރިޔާގެ މަސްރަހު މޮނިޓަރ ކުރާ ގްރޫޕަކުން ބުނެފިއެވެ.

ސޫރިޔާގެ މަސްރަހު މޮނިޓަރ ކުރާ ގްރޫޕް، ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނީ ހާން ތައުމަން ހިފުމަށް އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަން ކާމިޔާބުކޮށްފައިވާކަމަށެވެ. ހާން ތައުމަންއަކީ ސޫރިޔާގެ ހަލަބްގެ ކައަރީގައި އޮންނަ ރަށެކެވެ. އިދިކޮޅު ފަރާތްތަކުން ހާން ތައުމަން ހިފިކަމަށް ބުނިނަމަވެސް ސޫރިޔާގެ އަސްކަރިއްޔާގެ އޮފިޝަލަކު މިކަންވަނީ ދޮގުކޮށްފައެވެ. 

ހާން ތައުމަން ހިފާފައި މިވަނީ އަލްނުސްރާ ފްރޮންޓް، އަލްގައިދާ އަދި ޖައިޝް އަކް-ފަތާހްއަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ކޯލިޝަނަކުން ކުރިޔަށްގެންދިޔަ އަސްކަރީ އޮޕަރޭޝަނެއްގައިކަމަށް މައުލޫމާތުލިބެއެވެ.