ޚަބަރު

ތުރުކީމަގުން ވިލާތަށް އެތެރެވާ ރެފިއުޖީންގެ އަދަދު ދަށަށް


ތުރުކީވިލާތުގެ މަގުން ވިލާތަށް ޙިޖުރަކުރާ މީހުންގެ ޢަދަދު މަދުވަމުންދާ ކަމަށް ޔޫރަޕިޔަން ކޮމިޝަންގެ ރައީސް ޖޯން ކްލޯޑް ޔުންކަރ ވިދާޅުވެއްޖެއެވެ. 

ބަރލިންގައި ދެއްވި ބަޔާނެއްގައި ޔުންކަރ ވިދާޅުވީ ތުރުކީވިލާތުގެ މަގުން ވިލާތަށް ޙިޖުރަކުރާ ރެފިއުޖީން ހުއްޓުވުމަށް ތުރުކީ ސަރުކާރާއެކު ވިލާތުގެ އިއްތިޙާދުން ސޮއިކުރި އެއްބަސްވުން ކާމިޔާބު ކަމަށާ އެއެއްބަސްވުން ތަންފީޒުކުރަން ފެށިފަހުން ވިލާތަށް ޙިޖުރަކުރާ ރެފިއުޖީން ކޮންޓްރޯލް ވަމުންދާކަމަށެވެ. ނަމަވެސް މިމައްސަލަ އަދި މުޅިން ޙައްލުނުވާކަމަށް އޭނާ ވިދާޅުވިއެވެ. 

ވިލާތަށް ޙިޖުރަކުރާ ރެފިއުޖީން ހުއްޓުވުމަށް ވިލާތުގެ އިއްތިޙާދާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ވިލާތުގެ އިއްތިޙާދުން އަހަރެއްގެ މައްޗަށް 3 ބިލިޔަން އެމެރިކާ ޑޮލަރު ތުރުކީއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.