ޚަބަރު

އެމެރިކާ ސިފައިންގެ ޖާސޫސީ ޓީމެއް ޔަމަނުގައި !


ޔަމަނުގައި އެމެރިކާ ސިފައިންގެ ޖާސޫސީ ޓީމެއް ޙަރަކާތްތެރިވާން ފަށައިފިއެވެ. 

އެމެރިކާ ސިފައިންގެ ތަރުޖަމާނެއް ކަމަށްވާ ކެޕްޓަން ޖެފް ޑޭވިސް ވިދާޅުވީ މިއީ ޔަމަންގައި ޙަރަކާތްތެރިވާ އަލްޤައިދާގެ ހަނގުރާމަވެރިންނާބެހޭ މަޢުލޫމާތު އެއްކުރުމަށް މަސައްކަތްކުރާ ޚާއްސަ ޓީމެއްކަމަށާ އެޓީމުން އެހީތެރިވަނީ ޔަމަންގައި ހަނގުރާމަކުރާ ޢަރަބި އެލަޔަންސްގައި ހިމެނޭ ޔޫ.އޭ.އީގެ ސިފައިންނަށް ކަމަށެވެ. ޔަމަނުގައި ޙަރަކާތްތެރިވާ އަލްޤައިދާގެ ހަނގުރާމަވެރިންނަކީ އެމެރިކާގެ ޤައުމީ ސަލާމަތަށްއޮތް ބިރެއްކަމަށްވެސް ކެޕްޓަން ޑޭވިސް ވިދާޅުވިއެވެ. 

ޚަބަރުތައް ބުނާގޮތުގައި ޔޫ.އޭ.އީ ގެ ސިފައިން ގެންދަނީ ޔަމަންގައިވާ އަލްޤައިދާގެ އަމާޒުތަކަށް ވައިގެ ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ. އެމެރިކާގެ ޓީމަކީ ޔޫ.އޭ.އީ ގެ ޙަމަލާތަކަށް ބޭނުންވާ ޖާސޫސީ މަޢުލޫމާތު އެއްކުރުމުގައި އެޤައުމަށް އެހީތެރިވާ ޓީމެއްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.