ޚަބަރު

ވިއްސާރައިގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެ


ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެއާއި ރޭ ބައެއް ރަށްރަށުގައި ފެންބޮޑުވެއްޖެއެވެ. 

ފެންބޮޑުވެގެން ފެން ހިއްކުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަންޖެހުނު ރަށްރަށުގެ ތެރޭގައި، އައްޑޫސިޓީގެ ފޭދުއާއި ފުވައްމުލަށް ހިމެނެއެވެ. މި ދެރަށުގައި ފެންބޮޑުވެ ގެއްލުން ލިބިދާނެކަމަށް ބެލުނު ސަރަޙައްދުތަކުން ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިޔާގެ ސިފައިން ވަނީ ކުރައްވާފައެވެ.

img:http://s2.psmnews.mv/images/660x400/14628811583379.jpg|ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައި / ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީ ފޭދޫ ސަރަޙައްދެއްގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންގެ އިތުރަށް ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ޙަރަކާތްތެރިވެފައެވެ. އަދި ފުވައްމުލަކުގެ 18 ގެއެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ކުރައްވާފައެވެ.