ޚަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ


މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ފަށްޓަވައިފިއެވެ. 

ފުލުހުން ވިދާޅުވީ މިމަހުގެ 7 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން ހޯދަމުންދަނީ އއ. ރަސްދޫ، ރެޑްފްލާވަރ ޙުސައިން މުޙައްމަދު، 30އަހަރުކަމަށެވެ. އަދި އޭނާ ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައިކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައެއް ނުވާކަމަށާއި، ވީމާ ޙުސައިން މުޙައްމަދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.