ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނު ކ.ތުލުސްދޫ މުސްޠަފާ މުހައްމަދާ ޓެސްލާ ކާރު ހަވާލުކޮށްފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓެސްލާ ކާރު މުސްތަފާއާ ހަވާލުކޮށްދެނީ ދިރާގުގެ ސީއީއޯ އިސްމާޢީލް ރަޝީދެވެ.
މުސްތަފާ ބުނީ، އަގުހުރި އިނާމެއްގެ ނަސީބުވެރިއެއްގެ ގޮތުގައި ހޮވުނުކަން އެންމެ ފުރަތަމަ ގަބޫލުކުރަން ދަތިވި ނަމަވެސް އޭނާ އާއި އޭނާގެ ޢާއިލާ ވަރަށް އުފާވި ކަމަށެވެ. އަދި ދިރާގުން ކުރިއަށް ގެންދާ ތަފާތު ޕްރޮމޯޝަންތަކުގެ ތެރެއިން މިފަދަ ހިތްގައިމު ފުރުޞަތެއް ކަސްޓަމަރުންނަށް ފަހިކޮށްދެމުންދާކަމަށްޓަކައި އެކަމަށްވެސް އެނާ ވަނީ ދިރާގަށް ޝުކުރު އަދާކޮށްފައެވެ.
މުސްތަފާއަކީ ދިވެހިރާއްޖެއަށް މޮބައިލް ފޯނުގެ ޚިދުމަތް ތަޢާރަފްކުރި ހިސާބުން ފެށިގެން ދިރާގުގެ ޚިދުމަތް ބޭނުން ކުރަމުން އަންނަ ކަސްޓަމަރެކެވެ.
'ވިން އަ ޓެސްލާ' ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކުނުފުނިން ލޯންޗުކުރި ޕްރޮމޯޝަނެކެވެ.
1 އޮކްޓޫބަރު 2023 އިން 31 ޖަނަވަރީ 2024 ގެ ނިޔަލަށް ކުރިޔަށްގެންދިޔަ މި ޕްރޮމޯޝަން ވެގެންދިޔައީ ރާއްޖޭގެ ގިނަ ބަޔަކުގެ ސަމާލުކަން ހޯދާ، އާންމުންގެ މަގުބޫލުކަން ލިބުނު މަރކެޓިންގ ހަރަކާތަކަށެވެ.
ޓެސްލާ ކާރަކީ ދިރާގު ތާރީޚުގައިވެސް އަދި މިހާތަނަށް އެކުންފުނިން ހުށަހެޅި އެންމެ އަގުބޮޑު އިނާމެވެ.