ދުނިޔެ

އީޔޫއިން ވަކިވެގެން އިނގިރޭސި ވިޔަފާރީއަށް އަސަރެއް ނުކުރާނެ


އިނގިރޭސިވިލާތް، ވިލާތުގެ އިއްތިޙާދުން ވަކިވުމަކީ އެމެރިކާއާއި އިނގިރޭސިވިލާތާއި ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް ނޭދެވޭ އަސަރު ކުރާނެކަމެއް ނޫންކަމަށް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވަން މަސައްކަތްކުރައްވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

އައި.ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އިނގިރޭސިވިލާތް، ވިލާތުގެ އިއްތިޙާދުން ނުކުތް ނަމަވެސް އޭނާގެ ވެރިކަމެއްގައި އެމެރިކާއިން އެގައުމު އެއްފަރާތް ނުކުރާނެކަމަށާ އަދި ވިލާތުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އިނގިރޭސިވިލާތާމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރާނެކަމަށެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އިނގިރޭސިވިލާތް، ވިލާތުގެ އިއްތިޙާދުން ނުކުމެއްޖެނަމަ އެމެރިކާއިން ވިޔަފާރީގެ މުއާމަލާތް ކުރާ ގައުމުތަކުގެ ލިސްޓުގެ އެންމެ ފަހަތަށް އިނގިރޭސިވިލާތް ވެއްޓިގެން ދާނެކަމުގެ އިންޒާރު ދެއްވާފައެވެ.