ދުނިޔެ

އިންޑިޔާގެ ދެކުނަށް ހުޅަނގު މޫސުމުގެ ވިއްސާރަ ލަސްވާނެ


އިންޑިޔާގެ ދެކުނުގެ ސްޓޭޓްތަކަށް މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ މޫސުން ލަސްވެގެން ދާނެކަމަށް އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ބުނީ ހުޅަނގު މޫސުމުގެ ވައިޖެހެން ފަށާފައިވާ ކަމަށާއި އަދި ބޯވިލާތަށް އިންޑިޔާގެ ކެރެލާއާއި އެނޫންވެސް ދެކުނުގެ ސްޓޭޓްތަކުގެ މައްޗަށް އަރަމުންދާކަމަށެވެ. ނަމަވެސް ވާރޭ ވެހެން ފަށާނެކަމަށް ލަފާކުރެވެނީ އަންނަ ޖޫންމަހުގެ ފުރަތަމަ ހަފްތާގައި ކަމަށްވެސް އެއިދާރާއިން ބުނެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައަކީ އިންޑިޔާގެ ދަނޑުވެރިކަމުގެ ލޭނާރުކަމަށާއި ދަނޑުތަކަށް ބޭނުންވާ ފެނުގެ 70 އިންސައްތަ ލިބެނީ ހުޅަނގު މޫސުމުގެ ވިއްސާރައިން ކަމަށް އެޤައުމުގެ ދަނޑުވެރިން ބުނެއެވެ. އިންޑިޔާގެ މެދުތެރޭގެ ބައެއް ސްޓޭޓްތަކަށް ދާދިފަހުން ވަނީ ގަދަ ހޫނުގެ އޮއިވަރުތަކެއް އައިސް ހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.