ދުނިޔެ

އައި.އެސް ޖަމާއަތުގެ 27 މީހަކު މަރާލައިފި


ތުރުކީވިލާތުގެ އެއްގަމު ސިފައިންނާ އަދި އެމެރިކާ އިސްކޮށް އޮވެގެން އުފައްދާފައިވާ އެލަޔަންސްގެ އަސްކަރީ މަތިންދާބޯތުތަކުން ސޫރިޔާގެ އުތުރުގައިވާ އައިއެސްގެ އަމާޒުތަކަކަށް ވަރުގަދަ ޙަމަލާތަކެއްދީ އެޖަމާއަތުގެ ހަތާވީސް ހަނގުރާމަވެރިން މަރާލައިފިއެވެ. 

ތުރުކީވިލާތުގެ އަސްކަރީ ދާއިރާތަކާ ހަވާލާދީ އެގައުމުގެ އަނަތޯލިޔާ ނޫސްއެޖެންސީ ޚަބަރުދޭގޮތުގައި ތުރުކީ ސިފައިންގެ ބޮޑުބަޑިތަކުންނާ އަދި އައިއެސްއާ އިދިކޮޅު އެލަޔަންސް ވައިގެ ބާރުތަކުން ޙަމަލާތައްދިނީ ސޫރިޔާގެ ހަލަބްގެ އުތުރުގައިވާ އައިއެސްގެ ހަނގުރާމަވެރިން ތިބޭ މަރުކަޒުތަކަކާއި އެޖަމާއަތުގެ ހަތިޔާރާބެހޭ ފަސްމަރުކަޒަކަށެވެ. 

މިޙަމަލާތަކުގައި އައިއެސްގެ ހަތާވީސް މީހުން މަރާލެވުމުގެ އިތުރުން އެޖަމާއަތުގެ އިތުރުބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް އަނަތޯލިޔާ ނޫސް އެޖެންސީ ބުނެއެވެ.