ޚަބަރު

މާލެއަށް މޫސުން ގޯސްވެ، ފެރީގެ ޚިދުމަތް މެދުކަނޑާލައިފި


މޫސުން ގޯސްވުމުގެ ސަބަބުން ހުޅުމާލެ އައި ވިލިމާލޭގެ ފެރީގެ ޚިދުމަތް މެދުކަނޑާލައިފިއެވެ. 

އެމްޓީސީސީން ވިދާޅުވީ ފެރީގެ ޚިދުމަތް އަލުން ފަށާނީ މޫސުން ރަނގަޅުވުމުންކަމަށެވެ. މާލެ ސަރަޙައްދަށް މޫސުން ގޯސްވެފައިވާއިރު، މެޓް އޮފީހުން މިހާރު ވަނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރުއްވާފައެވެ. މިގޮތުން މިރޭގެ ނުވަގަޑި ތިރީހާއި ހަމައަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރުއްވާފައެވެ. އަދި ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. 

އެހެންކަމުން ހުރިހާ ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް ކަމާއިބެހޭ ހުރިހާ މުއައްސަސާތަކަކުން އިލްތިމާސްކުރައްވައެވެ.