ޚަބަރު

ފަހި 913: ފުޓްސަލްގެ ސެމީގައި ވާދަކުރާ ޓިމްތައް ކަށަވަރުވެއްޖެ


ފަހި 913 ފުޓްސަލް މުބާރާތުގައި ހިމެނޭ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެއެވެ. 

ސެމީފައިނަލުން ޖާގަ ހޯދީ ކުއަރޓަރ ފައިނަލްގައި އެއަޕޯރޓްސް ކޮމްޕެނީގެ މައްޗަށް ހަތެއް ސުމަކުން ކުރި ހޯދި އެސްޓީއޯއާއި، އެމްޕީއެލްއާއި، ސްޓެލްކޯއާއި، ފެނަކައެވެ. 

އެމްޕީއެލް ސެމީފައިނަލުން ޖާގަ ހޯދީ ކްއާޓަރ ފައިނަލްގައި މޯލްޑިވިއަންއާއި ވާދަކުރި މެޗު އެއްވަރުވެ، ޕެނަލްޓީގައި ކުރި ހޯދައިގެނެވެ. ދޭއް ދޭކުން މެޗު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އެމްޕީއެލް ކުރި ހޯދީ ތިނެއް ދޭކުންނެވެ. ސްޓެލްކޯ ސެމީން ޖާގަ ހޯދީ ހަތެއް ދޭކުން ބީއެމްއެލް ބަލިކޮށްގެނެވެ. ފެނަކަ ސެމީއަށް ދިޔައީ ތިނެއް ސުމަކުން އެމް.ޑަބުލިޔު.އެސް.ސީ ބަލިކޮށްގެނެވެ.