ޚަބަރު

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޕާކިސްތާނަށް ފުރާވަޑައިގެންފި


ރަސްމީ ދަތުރުފުޅެއްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙަމްދު ޝާހިދު ޕާކިސްތާނަށް ފުރާވަޑައިގަންނަވިފިއެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޕާސްތާނާއި ދެމެދު މިމަހު 18 އިން 19 އަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ބާއްވާ ދެވަނަ ސްޓާފް ޓޯކްސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީދަތުރުފުޅެއްކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ކާނަލް ޙާމިދު ޝަފީޤާއި ކެޕްޓަން މުޙައްމަދު ފަހުމީ ބައިވެރިވެވަޑައިގަންނަވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.